ސްރީ ލަންކާގެ ޕްރިޒަން އޮފިސަރުންނަށާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ޕްރިޒަން އޮފިސަރުންނަށް ޓްރޭނިންގ ޕްރޮގްރާމެއް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.
"އެކްސެލިންގ ބިޔޯންޑް އެމަރޖިންގ ޗެލެންޖަސް – ކަރެކްޝަންސް އާފްޓަރ ގްލޯބަލް ޕެންޑެމިކް" ގެ ނަމުގައި ފެށި މި ޕްރޮގްރާމަކީ ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ގްލޯބަލް މެރީޓައިމް ކްރައިމް ޕްރޮގްރާމް (ޖީއެމްސީޕީ) އިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޓްރޭނިންގެ މުއްދަތަކީ 5 ދުވަހެވެ. މި ޓްރޭނިންގ ޕްރޮގްރާމްގައި ސްރީ ލަންކާގެ 09 ޕްރިޒަން އޮފިސަރުންނާއި ރާއްޖޭގެ 08 ޕްރިޒަން އޮފިސަރުން ބައިވެއެވެ.
މި ޓްރޭނިންގ ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ.
އެމްސީއެސްއިން ބުނީ، މި ޓްރޭނިންގ ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ ޕްރިޒަން އޮފިސަރުން ތަމްރީން އަދި ތަރައްޤީކޮށް، ޔޫއެންގެ "މިނިމަމް ސްޓޭންޑަޑް ފޯ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް – ދަ ނެލްސަން މަންޑޭލާ ރޫލްސް" އަށް އަޙުލުވެރިކޮށް، ކޯވިޑް-19 ފަދަ ބަލިތައް ފެތުރުމުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކާއި ގޮންޖެހުންތަކަށް ތައްޔާރުވެ، އެކަންކަން ޙައްލުކުރާނެ އުކުޅުތައް ދަސްކޮށްދިނުން ކަމަށެވެ.
މި ޓްރޭނިންގ ޕްރޮގްރާމްގެ ބައިވެރިންނަށް ޑައިނަމިކް ސެކިއުރިޓީ އެޕްލިކޭޝަން، ހިއުމަން ރައިޓްސް، މަންޑޭލާ ރޫލްސް، ކޯޑް އޮފް އެތިކްސް، ކޮންޓިންޖެންސީ ޕްލޭނިންގ، ޔޫސް އޮފް ފޯސް ކޮންޓިނުއަމް، އިންސިޑަންޓް މެނޭޖްމަންޓް، ޕްރޮސީޖުރަލް ސެކިއުރިޓީ – އެސްކޯޓްސް، ކަރެކްޝަންސް ލެވެރޭޖް އޮން ޓެކްނޮލޮޖީ – ޕޯސްޓް ޕެންޑެމިކް ފަދަ މޮޑިއުލްތައް ކިޔަވާދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!