ތައުލީމު ފޯރުކޮށްދިނުމަށް ކުޅުދުއްފުށި ސިޓީއިން ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލި ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.

މިގޮތުން ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާޢިދަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤަވާއިދުގެ ދަށުން، ތައުލީމު ފޯރުކޮށްދިނުމަށް ކުޅުދުއްފުށި ސިޓީއިން ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލީގެ ރޭޓެއް ކަމަށް ކަނޑައަޅާފައި ވަނީ އަކަފޫޓަކަށް 25 (ފަންސަވީސް) ލާރި އެވެ.

Ad
rt

މިގޮތަށް ކަނޑައަޅާފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 41 ވަނަ ޢާންމު ބައްދަލުވުމުންނެވެ.

ކުޅުދުއްފުށީ ސިޓީއަކީ އުތުރުގެ ތަރައްގީގެ މައި ނާރެހެވެ. ފުޅާ ދާއިރާއެއްގައި އިޤްތިޞާދީ ހަރަކާތްތައް ހިންގަމުން އަންނަ އެ ސިޓީއަކީ ތައުލީމުގެ ޚާއްޞަކޮށް މަތީ ތައުލީމްގެ ފުރުޞަޠުތައް ވެސް ލިބިދޭ، ރާއްޖޭގެ މަތީ ތައުލީމްދޭ ބައެއް އިންސްޓިޓިއުޓްތައް މިހާރު ވެސް ގާއިމުވެފައި ހުންނަ ސިޓީއެކެވެ.