ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފި
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ހުޅުވާލައިފި އެވެ. އެކަން ހާމަކޮށް އޭޖީ އޮފީހުން ބުނީ، ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލްއަޤްވާމީ ހަމަތަކާއި އުސޫލުތަކަށް ރިޢާޔަތްކޮށް، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުތައް އެކުލެވޭ ބިލު އެކުލަ...