އަންނަ ހޯމަ ދުވަސް ސަރުކާރު ބަންދު

Kulhuduffushi Customs

މި އޮކްޓޯބަރު މަހުގެ ތިނެއް ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު އާންމުކުރެއްވި ދެންނެވުމެއްގައި ވިދާޅުވީ، މި އަހަރުގެ އޮކްޓޫބަރުމަހުގެ 3 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަސްކަމަށްވާތީއާއި، ސަރުކާރު ބަންދު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސަށް ލަފާއަރުއްވާފައިވާތީ، އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވަން ރައީސް ނިންމަވާފައިވާ ކަމަށެވެ.

ވަޒީރުންގެ މަޖިލީހުން ރައީސަށް އެ ދުވަސް ބަންދުކުރުމަށް ލަފާ އަރުވާފައި ވަނީ، އެ ދުވަހަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަސްކަމަށްވުމާއެކު، މި އަހަރަކީ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރާ އަހަރު ވާތީ، މި އަހަރު އެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މި އަހަރު 50 އަހަރު ފުރޭއިރު އެ އަހަރު ފާހަގަ ކުރުމަށް ސަރުކާރާއި، ފަތުރުވެރިކަމުގެ ސިނާއަތް ގުޅިގެން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުނެނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި