''ވަން ރިޒޯޓް، ވަން އައިލެންޑް'' ބްރޭންޑް ދޫކޮށްލެވޭކަށް ނެތް: ރައީސް
ފަތުރުވެރިކަމުގައި ރާއްޖޭގެ ބްރޭންޑެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ “ވަން ރިޒޯޓް، ވަން އައިލެންޑް” ބްރޭންޑަކީ ދޫކޮށްލެވޭނެ ބްރޭންޑެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް، މިހެންވިދާޅުވީ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން ރޭ ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ފަތުރުވެރިކަމުގެ “އެޕްރިސިއޭޝަން ރިސެޕްޝަން” ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހިން ވަނީ ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމ...