މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,450 Stories
2,911 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ފަހުގެ އިންޒާރުކަމަށް ބުނެ ނިރުބަވެރި ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދިން މައްސަލައެއް
Raajje

ފަހުގެ އިންޒާރުކަމަށް ބުނެ ނިރުބަވެރި ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދިން މައްސަލައެއް

އައްޑޫ ސިޓީގައި ނިރުބަވެރި ހަމަލާއެއް ދޭނެކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފި އެވެ. އެފަދަ ލިޔުމެއް ލިޔެފައިވާ ފޮޓޯ އެއް ނޫސްވެރިއަކު ފުލުހުންގެ މީޑިއާ ގްރޫޕްގައި ހިއްސާކޮށް، އެފަދަ މައްސަލައެއް ބަލަމުން ދޭތޯ ކުރި ސުވާލެއްގެ ޖަވާބުގައި ފުލުހުން ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ”މައްސަލަ ދަނީ ތަހްގީގު ކުރަމުން” ފުލުހުން ވިދާޅުވެފައިވެއެވެ. އެ ލިޔުމުގައި ލިޔެފައިވާ އިބާރާތްތަކުގައި ” އައްޑޫ ސިއްސުވާ...

މިސްކިތްތައް ބަލަހައްޓަން ދިނީ އެއް މިލިއަން، ހަގީގަތް އޮޅޭގޮތަށް ވާހަކަ ދެއްކުމުން ހިތާމަކުރަން: މާލޭ މޭޔަރު
Raajje

މިސްކިތްތައް ބަލަހައްޓަން ދިނީ އެއް މިލިއަން، ހަގީގަތް އޮޅޭގޮތަށް ވާހަކަ ދެއްކުމުން ހިތާމަކުރަން: މާލޭ މޭޔަރު

މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ މިސްކިތްތަކުގެ އާބާތުރަ ފިލުވަން އިސްލާމިކް މިނިސްޓްރީން ސިޓީ ކައުންސިލަށް ދެއްވި ފައިސާ އާއިގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ވާހަކަ ދައްކަވާފައި ވަނީ ހަގީގަތް އޮޅޭގޮތަށް ކަމަށާއި، އެކަމާ ހިތާމަކުރައްވާ ކަމަށް މާލޭ މޭޔަރޔ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މާލެ ސިޓީ ކައުންސިލުން ވަނީ، މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ފަންޑު ހޯދުމަށް މިދިޔަ ހަފުތާ ބަންދުގައި ޓެލެތޯނެއް ފަށާފައެވެ. “ޗާލު މިސްކިތް” ފަންޑުނަމުގައި ކުރިއަށް ގެންދާ މި ހަރަކާތަށް ފުރަތަމަ...

މިފަހަރު ވެސް އަޅުގަނޑުގެ ރަނިން މޭޓަކަށް ވާނީ އައްޑޫ ބޭފުޅެއް: ނަޝީދު
Raajje

މިފަހަރު ވެސް އަޅުގަނޑުގެ ރަނިން މޭޓަކަށް ވާނީ އައްޑޫ ބޭފުޅެއް: ނަޝީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީ ކާމިޔާބުވެއްޖެނަމަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ރަނިން މޭޓަކަށް ހަމަޖައްސަވާނީ އައްޑުއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. ރިޔާސީ ކެމްޕެއިނުގައި ބައެއް އަތޮޅުތަކަށް ދަތުރުކުރެއްވުމަށްފަހު ނަޝީދު މިއަދު މާލޭގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބު ދެ...

މިސްކިތްތަކުގެ މަރާމާތަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވޭ: މާލެ ސިޓީ ކައުންސިލް
Raajje

މިސްކިތްތަކުގެ މަރާމާތަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވޭ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ އާބާތުރަ ފިލުވަމުންގެންދާ މިސްކިތްތައް މަރާމާތު ކުރުމަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާ ކަމަށް އެ ކައުންސިލުން ވިދާޅުވެއްޖެއެވެ. މާލެ ސިޓީ ކައުންސިލުން ވަނީ، މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ފަންޑު ހޯދުމަށް ޓެލެތޯން މިދިޔަ ހަފުތާ ބަންދުގައި ޓެލެތޯނެއް ފަށާފައެވެ. “ޗާލު މިސްކިތް” ފަންޑުނަމުގައި ކުރިއަށް ގެންދާ މި ހަރަކާތަށް ފުރަތަމަ ދެ ދުވަހުން 7،44،713.90 ރުފިޔާ ވަނީ ލިބިފައެވެ. މި ހަރަކާތާއި ގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިޔާތީ ސިޓީ […]

ދައުރުވަނީ މާރާމާރީއާއި ގުޅުން ހުރި ފޮޓޯއެއް ނޫން: އެމްސީއެސް
Raajje

ދައުރުވަނީ މާރާމާރީއާއި ގުޅުން ހުރި ފޮޓޯއެއް ނޫން: އެމްސީއެސް

ދައުރުވަނީ މިއަދު މާފުށީ ޖަލުގައި ހިނގި މާރާމާރީއާއި ގުޅުން ހުރި ފޮޓޯއެއް ނޫންކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ވިދާޅުވެއްޖެއެވެ. މިއަދު މާފުށީ ޖަލުގެ ގޮޅިއެއްގައި ދެ ގައިދީން މެދުގައި މާރާމާރީއެއް ވަނީ ހިނގާފައިވާއިރު، އެކަން ހުއްޓުވީ އެމްސީއެސްގެ އޮފިސަރުންނެވެ. އެމްސީއެސް އިން ވިދާޅުވީ، އެ މާރާމާރީ ހުއްޓުވައި، އަނިޔާވި ގައިދީ މާލެ ގެނެސް އައިޖީއެމްއެޗްއިން ފަރުވާ ދިނުމަށްފަހު، ޑޮކްޓަރުގެ ލަފާގެ މަތިން ޑިސްޗާޖްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. ‘’މި މާރާމާރީއާ ގު...

ހިސާން ކިޔައިދިނީ، ކުއްލިކުއްލިއަށް މާބޮޑަށް މާގަދައަށް ރިއެކްޓް ކުރީމާ ވާގޮތް
Raajje

ހިސާން ކިޔައިދިނީ، ކުއްލިކުއްލިއަށް މާބޮޑަށް މާގަދައަށް ރިއެކްޓް ކުރީމާ ވާގޮތް

ގައުމެއްގެ ވެރިއަކު ކުއްލިކުއްލިއަކަށް މާބޮޑަށް ރިއެކްޓް ކުރުމަކީ އެހާ ގަދަކަމެއްނޫންކަމަށާއި، އެކަމުން ނުކުންނަ ނަތީޖާ ވެސް އެހާ ސަޅި ނޫންކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ. ހިސާން މިހެން ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ޖަލްސާގައި މިރޭ ނ. ވެލިދޫގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، އެމްޑީޕީގެ މެންބަ...

ރިޔާސީ އިންތިހާބު "އެއްބުރުން، ބޮޑުތަނުން" ކާމިޔާބުކުރާނަން: ރައީސް
Raajje

ރިޔާސީ އިންތިހާބު "އެއްބުރުން، ބޮޑުތަނުން" ކާމިޔާބުކުރާނަން: ރައީސް

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ގޮތުން، ނ. ވެލިދޫގައި މިރޭ ކުރިއަށްދިޔަ އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި މި ޖަލްސާގައި ވާހަކަފުޅު ފައް...

މާފުށީ ޖަލުގައި މާރާމާރީއެއް ހިނގައިފި
Raajje

މާފުށީ ޖަލުގައި މާރާމާރީއެއް ހިނގައިފި

މާފުށީ ޖަލުގައި ގައިދީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާފުށީ ޖަލުގައި ގައިދީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައިގެން އެ އިދާރާއަށް މިއަދު ހަވީރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މާރާމާރީގައި ގައިދީއެއްގެ އަނގަމަތި ފަޅައިގެން ދިޔުފިޔަވާ އިތުރު ބޮޑު އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެފަވެއެވެ. ”މާރާމާރީގައި ތޫނުއެއް ބޭނުންކުރިކަން އަދި މިހާތަނަށް އެނގިފައެއްނުވޭ” ފުލުހުން ވިދާޅުވިއެވެ. ފުލުހ...

ކެނދިކުޅުދޫ ސްކޫލްގައި ތިން ބުރީގެ އިމާރާތެއް އަޅަން ހަވާލުކޮށްފި
Raajje

ކެނދިކުޅުދޫ ސްކޫލްގައި ތިން ބުރީގެ އިމާރާތެއް އަޅަން ހަވާލުކޮށްފި

ނ. ކެނދިކުޅުދޫ ސްކޫލްގައި ތިން ބުރީގެ އިމާރާތެއް އަޅަން ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވިގޮތުގައި ކެނދިކުޅުދޫ ސްކޫލްގައި ތިން ބުރީގެ އިމާރާތެއް އަޅަން އެ މިނިސްޓްރީގެ ފަރާތުން ވީއަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފަވާކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު ހަވާލުކުރި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިޔާ ޕޮލިސީ ޑިރެކްޓާ ނައުޝާދު އިބްރާހީމްއެވެ. އަދި އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ސަދީމް އިބްރާހީމްއެވެ....

ބަނބުކޭލެއްގެ އަގު 125 ރުފިޔާ އަށް އަރައިފި، ދެ ރައީސުން އިސްތިއުފާ ދޭންޖެހޭ: ސުޖާއު
Raajje

ބަނބުކޭލެއްގެ އަގު 125 ރުފިޔާ އަށް އަރައިފި، ދެ ރައީސުން އިސްތިއުފާ ދޭންޖެހޭ: ސުޖާއު

ބާޒާރުގައި ތަކެތީގެ އަގު އުފުލި ބަނބުކޭލެއްގެ އަގު ވެސް 125 ރުފިޔާ އަށް މިހާރު އަރާފައިވާ ކަމަށާއި،  ދެ ރައީސުން ކެމްޕެއިން ހުއްޓާލާ އިސްތިއުފާ ދޭންޖެހޭ ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ސުޖާއު ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސެއްގެ މަގާމު ވެސް ފުރައްވަމުން ގެންދަވާ ޝުޖާއު ދެ ރައީސުން ކަމަށް އިޝާރާތް ކުރައްވާފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހަށާއި، އެމްޑީޕީގެ […]

ކޭއާރުއެޗްގެ ސީއީއޯ ޑޭވިޑް ހުންނެވީ ރައީސް ފަޅީގައި
Thiladhunmathi News

ކޭއާރުއެޗްގެ ސީއީއޯ ޑޭވިޑް ހުންނެވީ ރައީސް ފަޅީގައި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއެކު ހުންނެވިކަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޗީފް އެގްޒެކްޓިވް އޮފިސާ (ސީއީއޯ) އަހްމަދު ދާއޫދު (ޑޭވިޑް) ހާމަކުރައްވައިފިއެވެ. ރައީސް ޞާލިޙަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން ޑޭވިޑް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ، ކޯވިޑް-19 ގެ ހާލަތާއި ގުޅިގެންނާއި، ރަޝިޔާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރާއްޖޭ އިގްތިސާދަށް ބޮޑު ލޮޅުމެއް އެރިކަމ...

ވަޒީފާގެ ބިރު ދައްކާ ކަމަށް ބުނުމަކީ އެމްޑީޕީގެ މެންބަރުންނަށް ކުރެވޭ މަލާމާތެއް: މާރިއާ
Raajje

ވަޒީފާގެ ބިރު ދައްކާ ކަމަށް ބުނުމަކީ އެމްޑީޕީގެ މެންބަރުންނަށް ކުރެވޭ މަލާމާތެއް: މާރިއާ

ސަރުކާރުން ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުންނަށް ބިރުދައްކާ ކަމަށް ބުނުމަކީ އެމެންބަރުންނަށް ކުރެވޭ މަލާމާތެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދުދީދީ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ މިހާރު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދުގެ ތަރުޖަމާނަކަށް ވެސް ހަމަޖައްސާފައިވާ މާރިޔާ މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ އަނެއް ކެންޑިޑޭޓް ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައ...

ފީވަކު ސްކޫލްގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި
Thiladhunmathi News

ފީވަކު ސްކޫލްގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި

ށ. ފީވަކު ސްކޫލްގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ ފީވަކު ސްކޫލްގެ މަލްޓިޕާޕަސް ހޯލްގެ އިތުރުން އެ ސްކޫލްގެ ވަށާފާރު މަސައްކަތް ވެސް ބަޔަކާއި ހަވާލުކޮށްފައެވެ. އެ މިނިސްޓްރީން ވިދާޅުވިގޮތުގައި ފީވަކު ސްކޫލުގެ މަލްޓިޕާޕަސް ހޯލް އަދި ވަށާފާރުގެ މަސައްކަތް އެ މިނިސްޓްރީން ވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. މި މަސައްކަތްތަކުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީއާ، ޔެސް މޯލްޑިވްސް އާއި ދެމެދު ސޮއިކޮށްފައި ވަނީ މިދިޔަ ހޯމަ ދު...

ސައިކަލެއްގައި ބަނގުރާ އުފުލި ދެ މީހަކު އެކްސިޑެންޓްވުމުން ފިލައިފި
Raajje

ސައިކަލެއްގައި ބަނގުރާ އުފުލި ދެ މީހަކު އެކްސިޑެންޓްވުމުން ފިލައިފި

ހުޅުމޭގައި ސައިކަލެއްގައި ބަނގުރާ އުފުލި ދެ މީހަކު ފުލުހުންނަށް ފިލަން އުޅުމުގެ ތެރޭގައި އެކްސިޑެންޓް ވެއްޖެއެވެ. މި ހާދިސާ ހިނގާފައިވާކަން ހާމަކުރައްވަމުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ ދެ މީހުން ސައިކަލުގައި ދިޔައީ ހުޅުމާލޭ ނިރޮޅު މަގު 13 ނަންބަރު ގޯޅިން ކަމަށެވެ. މަގުމަތި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް މި ދެ މީހުން ފެނުމުން އެ މީހުން ވަނީ ފުލުހުންނަށް ފިލަން ބާރަށް ސައިކަލް ދުއްވާލާފައެވެ. އެވަގުތު ސައިކަލް ވަނީ އެ ގޯޅީގައި ޕާކުކޮށްފައި އޮތް […]

ދާންދޫ ކައިރިން ޑިންގީއެއް އަޑިއަށް ހިނގައްޖެ
Raajje

ދާންދޫ ކައިރިން ޑިންގީއެއް އަޑިއަށް ހިނގައްޖެ

ގއ. ދާންދޫ ކައިރިން ޑިންގީ އެއް އަަޑިއަށް ދިއުމުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ދާންދޫ ކައިރިން ޑިންގީ އެއް އަޑިއަށް ގޮސްފައިވާ ކަމުގެ ރިޕޯޓު މިއަދު 15:45 ހާއިރު އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާ ހިނގިއިރު ޑިންގީ ގައި ތިބީ ދެ މީހުންނެވެ. އެ ދެ މީހުން ކުރެ އެކަކަށް ވެސް މި ހާދިސާގައި އަނިޔާއެއް ލިބިފައެއް ނުވެއެވެ. ’’ޑިންގީ ނެގުމުގެ މަސައްކަތް އާންމު ރައްޔިތުންނާއި ފުލުހުން ދަނީ […]