އަގްސާ މިސްކިތަށް އިސްރާއީލުން ދެމުންގެންދާ އުދުވާނީ އަމަލުތައް ރާއްޖެއިން ކުށްވެރިކޮށްފި
ގުދުސްގެ މާތްވެގެންވާ އަލް އަގްސާ މިސްކިތަށް ހައްދުފަހަނައަޅާފައިވާ އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ އުދުވާނީ އަމަލުތައް ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ. ރާއްޖޭގެ ހާރިޖީ ވުޒާރާއިން އާންމުކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި އަލް އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް އިސްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރ، މި މަހުގެ 3 ވަނަ ދުވަހު ވަދެފައިވާތީއާއި، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެ، އިތުރު ފިއްތުންތައް ކުރިމަތިކުރުވަމުންދާތީ، އެކަމާމެދު މަޝްވަރާކުރުމަށްޓަކައި...