ހުޅުމޭގައި ސައިކަލެއްގައި ބަނގުރާ އުފުލި ދެ މީހަކު ފުލުހުންނަށް ފިލަން އުޅުމުގެ ތެރޭގައި އެކްސިޑެންޓް ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވާކަން ހާމަކުރައްވަމުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ ދެ މީހުން ސައިކަލުގައި ދިޔައީ ހުޅުމާލޭ ނިރޮޅު މަގު 13 ނަންބަރު ގޯޅިން ކަމަށެވެ.
މަގުމަތި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް މި ދެ މީހުން ފެނުމުން އެ މީހުން ވަނީ ފުލުހުންނަށް ފިލަން ބާރަށް ސައިކަލް ދުއްވާލާފައެވެ. އެވަގުތު ސައިކަލް ވަނީ އެ ގޯޅީގައި ޕާކުކޮށްފައި އޮތް އުޅަނދެއްގައި ޖެހި އެކްސިޑެންޓް ވެފައެވެ.
އެކްސިޑެންޓް ވުމާއެކު މި ދެމީހުން ފިލާފައިވާއިރު، އެ ދެ މީހުން ސައިކަލްގައި ދިޔައީ ދެ ކޭސް ބަނގުރާ ހިފައިގެން ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވިގޮތުގައި އެ އިދާރާއިން ދަނީ މި މައްސަލަ ތަހުގީގު ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!