މާފުށީ ޖަލުގައި ގައިދީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާފުށީ ޖަލުގައި ގައިދީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައިގެން އެ އިދާރާއަށް މިއަދު ހަވީރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Ad
rt

މި މާރާމާރީގައި ގައިދީއެއްގެ އަނގަމަތި ފަޅައިގެން ދިޔުފިޔަވާ އިތުރު ބޮޑު އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެފަވެއެވެ.

''މާރާމާރީގައި ތޫނުއެއް ބޭނުންކުރިކަން އަދި މިހާތަނަށް އެނގިފައެއްނުވޭ'' ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި އެ އިދާރާއިން ދަނީ މި މައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.