ގއ. ދާންދޫ ކައިރިން ޑިންގީ އެއް އަަޑިއަށް ދިއުމުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ދާންދޫ ކައިރިން ޑިންގީ އެއް އަޑިއަށް ގޮސްފައިވާ ކަމުގެ ރިޕޯޓު މިއަދު 15:45 ހާއިރު އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Ad
rt

މި ހާދިސާ ހިނގިއިރު ޑިންގީ ގައި ތިބީ ދެ މީހުންނެވެ. އެ ދެ މީހުން ކުރެ އެކަކަށް ވެސް މި ހާދިސާގައި އަނިޔާއެއް ލިބިފައެއް ނުވެއެވެ.

’’ޑިންގީ ނެގުމުގެ މަސައްކަތް އާންމު ރައްޔިތުންނާއި ފުލުހުން ދަނީ ކުރަމުން’’ ފުލުހުން ވިދާޅުވެފަވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޑިންގީ އަކީ ގއ. ކަނޑުހުޅުދޫން ފުރި ޑިންގީ އެކެވެ.