ށ. ފީވަކު ސްކޫލްގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ ފީވަކު ސްކޫލްގެ މަލްޓިޕާޕަސް ހޯލްގެ އިތުރުން އެ ސްކޫލްގެ ވަށާފާރު މަސައްކަތް ވެސް ބަޔަކާއި ހަވާލުކޮށްފައެވެ.
އެ މިނިސްޓްރީން ވިދާޅުވިގޮތުގައި ފީވަކު ސްކޫލުގެ މަލްޓިޕާޕަސް ހޯލް އަދި ވަށާފާރުގެ މަސައްކަތް އެ މިނިސްޓްރީން ވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ.
މި މަސައްކަތްތަކުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީއާ، ޔެސް މޯލްޑިވްސް އާއި ދެމެދު ސޮއިކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިޔާ ޕޮލިސީ ޑިރެކްޓާ ނައުޝާދު އިބްރާހީމްއެވެ. އަދި ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނޯގެ މެނޭޖާ އަޝްހަދު ސައީދު އެވެ.
މި މަސައްކަތް ހަވާލުކުރީ 365 ދުވަސް ތެރޭގައި ނިންމާގޮތަށެވެ. އަދި މި މަސައްކަތުގެ އަގަކީ 14,790,555.76 ރުފިޔާއެވެ.
މި މަޝްރޫޢަކީ 2021 ވަނަ އަހަރުގެ ޕީއެސްއައިޕީ ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!