ދައުރުވަނީ މިއަދު މާފުށީ ޖަލުގައި ހިނގި މާރާމާރީއާއި ގުޅުން ހުރި ފޮޓޯއެއް ނޫންކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ވިދާޅުވެއްޖެއެވެ.
މިއަދު މާފުށީ ޖަލުގެ ގޮޅިއެއްގައި ދެ ގައިދީން މެދުގައި މާރާމާރީއެއް ވަނީ ހިނގާފައިވާއިރު، އެކަން ހުއްޓުވީ އެމްސީއެސްގެ އޮފިސަރުންނެވެ.
އެމްސީއެސް އިން ވިދާޅުވީ، އެ މާރާމާރީ ހުއްޓުވައި، އަނިޔާވި ގައިދީ މާލެ ގެނެސް އައިޖީއެމްއެޗްއިން ފަރުވާ ދިނުމަށްފަހު، ޑޮކްޓަރުގެ ލަފާގެ މަތިން ޑިސްޗާޖްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
‘’މި މާރާމާރީއާ ގުޅުން ހުރިކަމަށް ދައުރުވަމުންދާ ފޮޓޯއަކީ ސައްޙަ ފޮޓޯއެއް ނޫންކަމުގައި ދަންނަން’’ އެމްސީއެސް އިން ވިދާޅުވިއެވެ.
މި މާރާމާރީއާއި ގުޅިގެން މިރޭ ފުލުހުން ވިދާޅުވީ، މާފުށީ ޖަލުގައި ގައިދީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައިގެން އެ އިދާރާއަށް މިއަދު ހަވީރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި ގައިދީއެއްގެ އަނގަމަތި ފަޅައިގެން ދިޔުފިޔަވާ އިތުރު ބޮޑު އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!