މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,944 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ބުރުނީގައި ރުކެއް ކެނޑުމުގައި އުޅުނު ބަޔަކަށް އަނިޔާވެ އެކަކު ނިޔާވެއްޖެ
Raajje

ބުރުނީގައި ރުކެއް ކެނޑުމުގައި އުޅުނު ބަޔަކަށް އަނިޔާވެ އެކަކު ނިޔާވެއްޖެ

ތ. ބުރުނީގައި ރުކެއް ކެނޑުމުގައި އުޅުނު ބަޔަކަށް އަނިޔާވެ އެކަކު ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބުރުނީގައި ރުކެއް ކަނޑައި، އެ ރުއް ފުރޮޅަން އުޅުމުގެ ތެރޭގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހަވީރު 16:44 ގައެވެ. މި ހާދިސާގައި އަނިޔާވި ހަތަރު މީހުންނަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ދ. ކުޑަހުވަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ‘’އަނިޔާވި […]

ޖޭޕީގެ ލީޑާޝިޕް އިންތިޚާބު މާދަމާއަށް ފަސްކޮށްފި
Raajje

ޖޭޕީގެ ލީޑާޝިޕް އިންތިޚާބު މާދަމާއަށް ފަސްކޮށްފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އަސާސީ ޤަވާޢިދުގައި އެ ޕާޓީގެ ޤައުމީ ކޮންފަރެންސްގައި އިންތިޚާބު ކުރުމަށް ކަނޑައަޅާފައިވާ މަޤާމުތަކުގެ އިންތިޚާބު މާދަމާ ބާއްވަން ނިންމައިފިއެވެ. އެ އިންތިޚާބު ކުރިއަށް ގެންދަން ކުރިން ނިންމާފައި އޮތީ މިރެއެވެ. ނަމަވެސް އެކަމަށް އިންތިޚާބީ ކޮމެޓީ އެކުލަވާލުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މަންދޫބުން ފާޅުކުރި ޚިޔާލުތަކަށް ރިޔާއަތްކޮށް އެ ވޯޓު މާދަމާ ކުރިއަށްގެންދަން ޖޭޕީގެ ޤައުމީ ކޮންފަރެންސުން ވަނީ ނިންމާފައެވެ. އެ ގޮތައް ނިންމީ ވޯޓު ކަރުދާހުގައި ފޮޓޯ ނެތުމުން ބައެ...

ޖޭޕީގެ ޤައުމީ ކޮންފަރެންސް ފަށައިފި
Raajje

ޖޭޕީގެ ޤައުމީ ކޮންފަރެންސް ފަށައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޤައުމީ ކޮންފަރެންސް މިއަދު ފަށައިފިއެވެ. ވެރިރަށް މާލޭގެ ދަރުބާރު ގޭގައި ބާއްވާ މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ފަށާފައި ވަނީ މިއަދު މެންދުރުފަހު 14:45 ހާއިރުއެވެ. މި ރަސްމިއްޔާތުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ އާއި، މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް ފާރިޝް މައުމޫނާއި، ބޭރު ބައެއް ޤައުމުތަކުގެ އިއްޒަތްތެރިން ބަ...

އިންޓަނެޓް ބޭންކިން ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދާ މައްސަލަތަކެއް، ސަމާލުވާން އެދިއްޖެ
Raajje

އިންޓަނެޓް ބޭންކިން ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދާ މައްސަލަތަކެއް، ސަމާލުވާން އެދިއްޖެ

އިންޓަނެޓް ބޭންކިން ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދުމަށްފަހު ތަފާތު ގޮތްތަކަށް ފައިސާގެ މުއާމަލާތްތައް ހިންގުމުގެ މައްސަލަތަކެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅެމުންދާތީ އެކަމާ ސަމާލުވުމަށް އެ ޚިދުމަތުން އެދިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވާ ގޮތުގައި، އިންޓަނެޓް ބޭންކިން ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދުމަށްފަހު، އެކައުންޓުގައި ހުންނަ ފައިސާ އެހެން އެކައުންޓުތަކަށް ޓްރާންސްފާ ކުރަމާއި އިންޓަނެޓް ބޭންކިން އެޕްލިކޭޝަން ބޭނުންކޮށްގެން އެކި ފިހާރަތަކުން ކިއު.އާރު ސްކޭން މެދުވެރިކޮށް މޯބައި...

ހަށިވިއްކި މައްސަލަ: ބިދޭސީ މީހާގެ ބަންދަން 15 ދުވަސް، ދިވެހި މީހާ ދޫކޮށްލައިފި
Raajje

ހަށިވިއްކި މައްސަލަ: ބިދޭސީ މީހާގެ ބަންދަން 15 ދުވަސް، ދިވެހި މީހާ ދޫކޮށްލައިފި

މާލޭގެ ގެސްޓުހައުސްއެއްގައި ހަށިވިއްކަމުންދިޔަ މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ އަށް ކޯޓުން ޝަރުތުކޮށް ދޫކޮށްލައި، ބިދޭސީ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. އަންގާރަ ދުވަހުގެ ރޭ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ރޯޅި ގެސްޓުހައުސް ބަލައި ފާސްކުރުމަށްފަހު ހަށިވިއްކަމުންދިޔަ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރެއްވީ އިއްޔެވިއެވެ. ފުލުހުން މިއަދު ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރިމީހުންގެ ބަންދާމެދު ގޮތެއ...

ވ. އަތޮޅު ކަނޑުގެ ސަރަހައްދުން ފެނުނީ ތެޔޮ ބޯޓުން ގެއްލުނު މީހާގެ ހަށިގަނޑެއްނޫން: ފުލުހުން
Raajje

ވ. އަތޮޅު ކަނޑުގެ ސަރަހައްދުން ފެނުނީ ތެޔޮ ބޯޓުން ގެއްލުނު މީހާގެ ހަށިގަނޑެއްނޫން: ފުލުހުން

ވ. އަތޮޅު ކަނޑުގެ ސަރަހައްދުން ފެނުނު އިންސާނެއްގެ ހަށިގަނޑަކީ ތެޔޮ ބޯޓުން ގެއްލުނު ބިދޭސީ މާހާގެ ހަށިގަނޑު ނޫންކަން ކަށަވަރުވެފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ވ. އަތޮޅު ކަނޑުގެ ސަރަހައްދަކުން ވަނީ އިންސާނެއްގެ ހަށިގަނޑު ފެނިފައެވެ. އެއީ  ވ. އަތޮޅު ވެމްޕަރު ފަޅު ހުޅަނގު އުތުރު ކަނޑުގެ ސަރަހައްދުން ފެނުނު ހަށިގަނޑެކެވެ. އެ ހަށިގަނޑު ފެނިފައި ވަނީ، ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން […]

މަސްތުވާތަކެތީގެ މައްސަލައެއްގައި ނޮޅިވަރަންފަރުން މީހަކު ހައްޔަރުކޮށްފި
Raajje

މަސްތުވާތަކެތީގެ މައްސަލައެއްގައި ނޮޅިވަރަންފަރުން މީހަކު ހައްޔަރުކޮށްފި

ދެރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މިގޮތުން މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގި އެއް ރަށަކީ ހދ. ނޮޅިވަރަންފަރެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި އެރަށުގައި އެ އޮޕަރޭޝަން ހިންގާފައި ވަނީ ކުޅުދުއްފުށިން ނޮޅިވަރަންފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. މި މަހު 20 ވަނަ ދުވަހު ނޮޅިވަރަންފަރުގައި ހިންގި އެ އޮޕަރޭޝާނުގައި 30 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް ބަލައިފާސ...

ރަށު ކައުންސިލަކާއިއެކު ބްރޯޑްކޮމް އިން ސޮއިކުރި ފުރަތަމަ ފަހުމުނާ ހިންނަވަރު ކައުންސިލާއެކު
Raajje

ރަށު ކައުންސިލަކާއިއެކު ބްރޯޑްކޮމް އިން ސޮއިކުރި ފުރަތަމަ ފަހުމުނާ ހިންނަވަރު ކައުންސިލާއެކު

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި ޅ. ހިންނަވަރު ކައުންސިލާއި ދެމެދު ފަހުމުނާމާއެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ ބްރޯޑްކޮމް އިން މިހާރު ކުރަމުންދާ ”ބްރޯޑްކާސްޓް އިންޑަސްޓްރީ މޮނިޓަރިންގ – ފާދިއްޕޮޅު ދަތުރު”ގެ ތެރެއިންނެވެ. ބްރޯޑްކޮމް އިން ވިދާޅުވެފައިވާގޮތުގައި އެ ކޮމިޝަނުން މިހާރު ފާދިއްޕޮޅަށް ކުރަމުންދާ ދަތުރުގެ ތެރެއިން ހިންނަވަރު ކައުންސިލާއި ބައްދަލުކޮށް އެ ކައުންސިލާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. ހިންނަވަރު ރަށު ކައުންސިލް އ...

6 ސިޔާސީ ޕާޓީއަކަށް 36.8 މިލިޔަން ރުފިޔާ
Raajje

6 ސިޔާސީ ޕާޓީއަކަށް 36.8 މިލިޔަން ރުފިޔާ

އިލެކްޝަން ކޮމިޝަން (އީސީ)ގައި ދަފުތަރު ކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓު އީސީ އަށް ހުށަހެޅި 6 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރުމަށް މިއަދު އެ ކޮމިޝަނުން ނިންމައިފިއެވެ. އެ ޕާޓީ ތަކަކަކީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި، އަދާލަތު ޕާޓީ (އޭޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި މޯލްޑިވްސް ނެޝަނަލް […]

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދު ކުރަން އަދާލަތުން ނިންމައިފި
Raajje

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދު ކުރަން އަދާލަތުން ނިންމައިފި

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމާފައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓް، މިހާރުގެ ރައީސް، އިބްރާޙީމް މުޙައްމަދު ޞާލިޙަށް ރިޔާސީ އިންތިޚާބުގައި ތާއީދުކުރުމަށް އަދާލަތު ޕާޓީ (އޭޕީ) އިން މިއަދު ނިންމައިފިއެވެ. އަދާލަތު ޕާޓީން މިގޮތައް ނިންމީ އަންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީ ހިމަނައިގެން ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށް ރައީސް ޞާލިޙް ދަޢުވަތު ދެއްވާފައިވާތީ، އެކަމާއި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި މަޝްވަރާ ހިންގުމަށްފަހުއެވެ. އެކަން ބަޔާންކޮށް އަދާލ...

ރާއްޖެއަށް 1000 ޙައްޖު ކޯޓާ ލިބިއްޖެ
Raajje

ރާއްޖެއަށް 1000 ޙައްޖު ކޯޓާ ލިބިއްޖެ

ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށްޓަކައި ސައޫދީ ސަރުކާރުން 1000 ކޯޓާ މިއަހަރު ދެއްވައިފިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި، 1444 ވަނަ އަހަރު ދިވެހި ރާއްޖެއިން ޙައްޖަށް ގެންދިއުމަށްޓަކައި ކޯޓާ އެއްބަސްވުމުގައި ދެ ޤައުމު މިނިސްޓަރުން މިހާރު ވަނީ ސޮއިކުރައްވާފައެވެ. ”އިތުރު ކޯޓާ ހޯއްދެވުމުގެ މަސައްކަތް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހުމަދު ޒާހިރު ޢަލީ ގެންދަވަނީ ކުރައްވަމުން” އިސްލާމިކް މިނިސްޓްރީން ވިދާޅުވެފަވެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވާ ގޮތުގައި 1444 ވަ...

މުޅި ރިޔާސީ ބަޔާނުގައި އޮތީ ވޯޓަށް މީހުން ރުއްސުމަށްޓަކައި ދޭ ހަދިޔާގެ ވާހަކަ: އެމްއެންޕީ
Raajje

މުޅި ރިޔާސީ ބަޔާނުގައި އޮތީ ވޯޓަށް މީހުން ރުއްސުމަށްޓަކައި ދޭ ހަދިޔާގެ ވާހަކަ: އެމްއެންޕީ

ދައުލަތުގެ ހިންގުމުގެ ސިޔާސަތަކީ ޤައުމީ ވިސްނުންތެރިކަމެއް ނެތް ސިޔާސަތެއްކަން ރިޔާސީ ބަޔާނުން ހާމަވިކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ. އެމްއެންޕީން މިހެން ބުނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، އެ ގަވާއިދުގައިވާ މުއްދަތުގައި މިއަހަރުގެ ރިޔާސީ ބަޔާނަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު ޖަވާބު ދެއްވާފައި ނުވަތީ، މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީއެއްގެ ގޮތުން ރިޔާސީ ބަޔާނަށް ޖަވާބުދެއްވައި މަޖިލީހަށް ހުށަހެޅުއްވި ޖަވާބުގައެވެ. މި ޖަވާބުގައި ބ...

ދިރާސީ އައު އަހަރުގެ އެކަޑަމިކް ކަލަންޑަރު އާންމުކޮށްފި
Raajje

ދިރާސީ އައު އަހަރުގެ އެކަޑަމިކް ކަލަންޑަރު އާންމުކޮށްފި

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، ދިރާސީ އައު އަހަރު (2023-2024)ގެ އެކަޑަމިކް ކަލަންޑަރު މިއަދު އާންމުކޮށްފިއެވެ. މި ކަލަންޑަރުގައިވާގޮތުން 2023-2024 ވަނަ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ފަށާނީ 6 އޯގަސްޓް 2023 ގައެވެ. މިކަލަންޑަރުގައިވާގޮތުން ފުރަތަމަ ޓާމްގެ މިޑްޓާމް ބުރޭކް ލިބޭނީ އޮކްޓޯބަރު 15 އިން 19 އަށެވެ. އަދި ފުރަތަމަ ޓާމްގެ ޗުއްޓީއަކީ 24 ޑިސެމްބަރު 2023 އިން 6 ޖެނުއަރީ 2024 އަށެވެ. ގްރޭޑް 12ގެ ދަރިވަރުންނަށް ފުރަތަމަ ޓާމްގެ އިމްތިހާނު މިއަހަރުގެ 7 […]

ޔާމީންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް އިސްތިއުނާފުކޮށްފި
Raajje

ޔާމީންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް އިސްތިއުނާފުކޮށްފި

ކުރީގެ ރައީސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ. އެ ހުކުމް އިސްތިއުނާފު ކުރަން މިއަދު ހައި ކޯޓަށް ހުށަހަޅުއްވާފައިވާ ކަން […]

ދިވެހިބަސް ދިރުވުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފާހިފުން ފުޅާކުރަން ޖެހޭ: ނާޒިމް
Raajje

ދިވެހިބަސް ދިރުވުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފާހިފުން ފުޅާކުރަން ޖެހޭ: ނާޒިމް

ދިވެހިބަސް ދިރުވުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފާހިފުން ފުޅާކުރަންޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. މިއަދަކީ ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހެވެ. މިއަދުގެ މުނާސަބާގައި ތަހުނިޔާ ފޮނުއްވަމުން ނާޒިމް ވިދާޅުވަނީ ދިވެހިންގެ އަމިއްލަ ފަހުރުވެރި ދިވެހިބަސް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ، ދިވެހިބަސް ދިރުވުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފާހިފުން ފުޅާކުރަން ޖެހޭ ކަމަށެވެ. މިއަހަރުގެ މާދަރީ ބަހުގެ ދުވ...