ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރުގެ މަގާމަށް މިހާރު ވެސް އެ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާޙީމް މިއަދު ކުރިމަތި ލައްވައިފިއެވެ.
އެޕާޓީގެ ލީޑަރުކަމަށް ޤާސިމް ކުރިމަތިލައްވާ ފޯމު ޕާޓީއާއި ހަވާލު ކުރެއްވީ މިއަދު އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޢަލީ އާރިފް އެވެ.
ޖޭޕީގެ އަސާސީ ޤަވާޢިދުގައި އިންތިޚާބު ކުރަންޖެހޭ މަގާމުތައް ގޮތުގައި ބަޔާން ކުރާ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ފުރުސަތު މިއަދު 16:00 އަށް ބަންދުވާނެއެވެ.
ޖުމްހޫރީ ޕާޓީގެ ގައުމީ ޖަލްސާ މިމަހުގެ 24-25 ގައި ބާއްވަން ނިންމާފައިވާއިރު އެ ޖަލްސާގައި އެ ޕާޓީގެ އަސާސީ ގަވާއިދުގައި އިންތިޚާބު ކުރަން މަތިކޮށްފައިވާ މަޤާމުތަކަށް މީހުން އިންތިޚާބު ކުރާނެއެވެ.
މިނިސްޓަރު ނަހުލާ ޖޭޕީގެ ނައިބު ލީޑަރުގެ މަގާމަށް ފޯމު ހުށަހަޅުއްވަނީ، ފޮޓޯ: ޖޭޕީ
މިގޮތުން އެންމެ ވާދަވެރިކަން ބޮޑުވެފައި ވަނީ އެ ޕާޓީގެ ނައިބު ލީޑަރު ކަމުގެ މަޤާމަށެވެ.
ޖޭޕީގެ ނައިބު ލީޑަރުކަމަށް ކުރިމަތިލެއްވި ބޭފުޅުން
- ޖޭޕީގެ މިހާރުގެ ނައިބު ލީޑަރު، ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާޙީމް
- މިހާރުގެ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ
- ތިމާވެއްޓާބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ޙަސަން
- ޖޭޕީގެ މިހާރުގެ ނައިބު ރައީސް އަހްމަދު ސައުދު
- ތިމާވެއްޓާބެހޭ ވުޒާރައިގެ ސްޓޭޓް ވަޒީރު އަދި ސްޓެލްކޯގެ ކުރީގެ އެމްޑީ ހަސަން މުޣުނީ
- ފެނަކައިގެ ކުރީގެ ޗެއާމަން އިގްބާލް އާދަމް
- ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހް
- ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބުދުﷲ އަހްމަދު
- ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު
- ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ)
- އިސްދޫ ދާއިރާގެ މެންބަރު ޢަލީ ހަމީދު
- ކެޔޮދޫ ދާއިރާގެ ކުރީގެ މެންބަރު ސައިޚް މޫސާ ނިޒާރު
- ޔަޝްފާ އަބުދުލްޣަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖޭޕީގެ ޒުވާނުންގެ ލީގުގެ ރައީސްކަމަށް ކުރިމަތިލައްވާފައި ވަނީ ވެލިދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ޔާމީން ރަޝީދެވެ.
ޖޭޕީގެ ގައުމީ ޖަލްސާ މި މަހަށް ތާވަލުކޮށްފައިވާއިރު އެ ޖަލްސާގައި އެ ޕާޓީން މުހިންމު ނިއްމުންތަކެއް ނިންމާނެ ކަމަށް މައުލޫމާތު ލިބިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!