އައިޑީ ކާޑުގެ އެންމެ މޮޅު ފަރުމާއެއް ހުށަހެޅި އެންކްރިއާ އާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައި.ޑީ ކާޑު)ގެ ފަރުމާ ބަދަލު ކުރުމަށް ހުޅުވާލި ފުރުސަތުގައި އެންމެ މޮޅު ފަރުމާއެއް ހުށަހެޅި ‘އެންކްރިއާ ޕްރައިވެޓް ލިމިޓެޑް’ އާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. ޑީއެންއާރު އިން ވިދާޅުވިގޮތުގައި، އައި.ޑީ ކާޑު ފަރުމާ ކުރުމަށް އެ ޑިޕާޓްމަންޓުން ކުރި އިޢުލާނާ ގުޅިގެން އެއްވަނައަށް ހޮވިފައި ވަނީ “އެންކްރިއާ ޕްރައިވެޓް ލިމިޓެޑް” އެވެ. އަދި އެ ކުންފުންޏާއެކު އެކަމުގެއެއްބަސްވުމުގައި ސޮއިކޮށްފައިވާ...