މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,947 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އަލިފާން ރޯވި ބޯޓު އަޑިއަށް ހިނގައްޖެ
Raajje

އަލިފާން ރޯވި ބޯޓު އަޑިއަށް ހިނގައްޖެ

ރޯވި ”އާގަލާ” ބޯޓު އަނދާހުލިވެ، އަޑިއަށް ހިނގައްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގައި، ލިބުނު ގެއްލުމުގެ ސަބަބުން އެ ބޯޓު މިއަދު 8:20 ހާއިރު ވަނީ އަޑިއަށް ގޮސްފައެވެ. އާގަލާ ބޯޓުގައި އަލިފާން ރޯވެގެން، އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ 02:47 ހާއިރުއެވެ. އަލިފާން ރޯވުމާއެކު އެ ދޯނީގައި ތިބި 15 މީހުން ވަނީ ކަނޑަށް ފުންމާލާފައެވެ. އޭގެ ތެރެއިން 14 މީހުން ސަލާމަތްކޮށް، މ. މުލީ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. […]

ދިވެހިން ތިބީ ފަލަސްތީނާއި އެކުގައި ކަމުގެ ޔަގީންކަން ދެއްވައިފި
Raajje

ދިވެހިން ތިބީ ފަލަސްތީނާއި އެކުގައި ކަމުގެ ޔަގީންކަން ދެއްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ފަލަސްޠީނުގެ ރައީސް، ޑރ. މަޙްމޫދު ޢައްބާސްއާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މިހާރު ކުރިޔަށްދާ އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގައި ކުރިއަށް ގެންދެވި މިބައްދަލުކުރެއްވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ދައުލެތެއް ޤާއިމް ކުރުމަށާއި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދުމަށް ކުރަމުނ...

ބޯކޮށް ވާރޭ ވެހި ގުގުރާނެ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު
Thiladhunmathi News

ބޯކޮށް ވާރޭ ވެހި ގުގުރާނެ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު

ބޯކޮށް ވާރޭ ވެހި ގުގުރާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުގެ ސަމާލުގެ މެސެޖުގައި ބުނެފައިވާ ގޮތުން ސަމާލުގެ ވަގުތުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެއެވެ. […]

ހަށިވިއްކާ ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނެކާއި ތައިލެންޑް ދެ އަންހެނުން ހައްޔަރުކޮށްފި
Raajje

ހަށިވިއްކާ ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނެކާއި ތައިލެންޑް ދެ އަންހެނުން ހައްޔަރުކޮށްފި

ފުވައްމުލަކު ސިޓީގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނެކާއި ތައިލެންޑް ދެ އަންހެނުން ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުވައްމުލަކު ސިޓީގައި ހިންގަމުންދާ ސްޕާއެއްގައި ހަށި ވިއްކަމުންދާކަމަށް ޕޮލިސް އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުވައްމުލަކު ސިޓީ ޕޮލިހާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން 04 މާޗް 2023 ގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ތަނެއް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ”މި އޮޕަރޭޝ...

އިހަވަންދޫގައި އަންހެން ބޭފުޅުންނަށް ހާއްސަ ދަރުހެއް
Thiladhunmathi News

އިހަވަންދޫގައި އަންހެން ބޭފުޅުންނަށް ހާއްސަ ދަރުހެއް

ހއ. އިހަވަންދޫގައި އެރަށު އަންހެން ބޭފުޅުންނަށް ޚާއްޞަ ދަރުހެއް ކުރިއަށް ގެންގޮސްފިއެވެ. މި ދަރުހަކީ، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ދަރުހެކެވެ. މިދިޔަ ބުރާސްފަތި ދުވަހު މެންދުރުފަހު އިހަވަންދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މި ދަރުސްގެ މަޢުލޫއަކީ ”ރަމަޟާން މަހަށް ތައްޔާރުވަމާ” އެވެ. މި ދަރުސް ދެއްވާފައި ވަނީ ޑރ. އަނާރާ ނަޢީމް އާއި އައްސައިޚާ ހައްވާ ލަޠީފް އެވެ. މީގެ އިތުރުން އެ ދުވަހު ހެނދުނު ވަނީ އެރަށު އަންހެން […]

ސައޫދީން މިއަހަރު ވެސް ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކުރަނީ
News

ސައޫދީން މިއަހަރު ވެސް ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކުރަނީ

1444 ވަނަ އަހަރުގެ ރަމަޟާން މަހަށް ދިވެހިރާއްޖެއަށް ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން 50 ޓަނުގެ ކަދުރު ހަދިޔާކުރުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ. ސައޫދީ ސަރުކާރުން މިދިޔަ އަހަރު ވެސް ރަމަޟާން މަހާއި ދިމާކޮށް  50 ޓަނު ކަދުރު ހަދިޔާ ކުރިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ، މިއަހަރު ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ލިބޭނެކަމަށް ސައޫދީ ސަރުކާރުން އަންގަވާފައިވާ ކަމަށެވެ. އަދި އެ މިނިސްޓްރީއަށް ކަދުރު ލިބުމުން ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް...

ވަދު މަސްވެރިކަމަށާއި ސްޕޯޓްސް ފިޝިން އަށް ހާއްސަ ކަނދުފަތި އެޅުމުގެ ޕްރޮގްރާމް ފަށަައިފި
Raajje

ވަދު މަސްވެރިކަމަށާއި ސްޕޯޓްސް ފިޝިން އަށް ހާއްސަ ކަނދުފަތި އެޅުމުގެ ޕްރޮގްރާމް ފަށަައިފި

ވަދު މަސްވެރިކަމަށާއި ސްޕޯޓްސް ފިޝިން އަށް ހާއްސަ، ”ވަދު ކަނދުފަތި” އެޅުމުގެ ޕްރޮގްރާމް މިއަދު ރަސްމީކޮށް ފަށަައިފިއެވެ. މަސްވެރިކަމާބެހޭއި ދަނޑުވެރިކަމާބެހޭ ވުޒާރާ، މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ވިދާޅުވި ގޮތުގައި މި ޕްރޮގްރާމަކީ، ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު ފުރުސަތުތަކެއް ފަހިކޮށް ދިނުމުގެ ގޮތުން ގެސްޓް ހައުސް ވިޔަފާރިއާއެކު މިހާރު ފުޅާވަމުން އަންނަ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމާއި، ސްޕޯޓްސް ފިޝިން އާއި އަދި ކެއިންބުއިމުގެ ބޭނުމަށް ރަށާއި ކައިރިނ...

ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވިކަމަށް ތުހުމަތުވާ މައްސަލައެއްގައި ތިން މީހަކު ހޯދަނީ
Raajje

ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވިކަމަށް ތުހުމަތުވާ މައްސަލައެއްގައި ތިން މީހަކު ހޯދަނީ

ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވިކަމަށް ތުހުމަތުވާ މައްސަލައެއްގައި ތިން މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި، ތިން މީހަކު ވަނީ، މާލޭ، އަޅިވިލާ މަގުގައި ހުންނަ ފްރީޑަމް މޯބައިލް ސަރވިސް އިން ސަރވިސްކުރި ފޯނަކަށް، އަގު އަދާކުރުމުގެ ގޮތުން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާފައެވެ. އެ ސްލިޕަކީ ސައްހަ ނޫން ސްލިޕެއްކަމަށް ތުހުމަތު ކުރެވޭތީ، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް އ...

އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
News

އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

އެކުވެރި ދައުލަތްތައް (އދ) އިން ބާއްވާ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. މިއީ އ.ދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްއެވެ. ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ބާއްވާ މިކޮންފަރެންސް މިއަހަރު ކުރިޔަށްދަނީ، ޤަޠަރުގެ ވެރިރަށް ދޯހާގެ ޤަޠަރު ނެޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ. އެންމެ މަދުން އާމްދަނީ ލިބޭ ޤައުމުތަކުގެ ދަރަޖައިން، މެދުފަންތީގެ އާމްދަނީއެއް...

މުނައްވަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ
Raajje

މުނައްވަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ

ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު މިއަހަރުގެ ރިޔާސީ ރޭހަށް ނުކުންނަވަން ނިންމަވައިފިއެވެ. މިގޮތުން މީސްމީޑިއާއަށް މުނައްވަރު ދޫކޮށްލެއްވި ޕޯސްޓަރެއްގައި ވަނީ ”މުނައްވަރު 2023” ޖަހާފައެވެ. މީގެ އިތުރުން މުނައްވަރުގެ ކެމްޕޭން މަރުކަޒެއް ވެސް މިހާރު ވަނީ ހުޅުވާފައެވެ. މުނައްވަރަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ބަންޑާރަ ނައިބުގެ މަގާމު އަދާކުރެއްވި ތައުލީމީ، ތަޖުރިބާކާރު ބޭފުޅެކެވެ. އައްޑޫ ސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ މުނައްވަރު ރިޔާސީ ރޭހަށް ނުކުންނަވަނީ...

މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އަހަން ނާޒިމް މަސްވެރިން ގާތަށް
Raajje

މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އަހަން ނާޒިމް މަސްވެރިން ގާތަށް

މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ) ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ބައެއް މަސްވެރި އުޅަނދުތަކަށް އިއްޔެ ޒިޔާރަށް ކޮށްފިއެވެ. އެމްއެންޕީން ބުނި ގޮތުގައި ނާޒިމް އިއްޔެ ހަވީރު ވަނީ މާލޭސިޓީ، މަސް މާރުކޭޓުގެ ބަނދަރު ސަރަހައްދަށް ޒިޔާރަށް ކުރަށްވައި ބައެއް ދޯނިތަކަށް އަރުއްވައި މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އެމްއެންޕީން ބުނިގޮތުގައި ކުރިމަގުގައި ނާޒިމް މަސްވެރި އުޅަނދެއްގައި މަސްވެރިކަން ތަޖުރި...

ރައީސް، ތިން ޤައުމަކަށް ފުރާވަޑައިގެންފި
Raajje

ރައީސް، ތިން ޤައުމަކަށް ފުރާވަޑައިގެންފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތިން ޤައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި، ރައީސް ޞާލިޙްގެ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ވަޑައިގަންނަވާނީ ޤަޠަރަށެވެ. އެ ޤައުމަށް ވަޑައިގެން އެޤައުމުގެ ވެރިރަށް ދޯހާގައި ބާއްވާ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ އދ. ގެ ފަސްވަނަ ކޮންފަރެންސްގައި ރައީސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ޤަޠަރަށްފަހު ރައީސް ދެން ވަޑައ...

ހަތަރު ދަރިންނާއެކު މަޔަކު ނިކަމެތި ހާލުގައި، އެހީތެރިވުމަށް "މަމްސް" ޖަމިއްޔާއިން ހުޅުވާލައިފި
Raajje

ހަތަރު ދަރިންނާއެކު މަޔަކު ނިކަމެތި ހާލުގައި، އެހީތެރިވުމަށް "މަމްސް" ޖަމިއްޔާއިން ހުޅުވާލައިފި

ދިހަ އަހަރުން ދަށުގެ ހަތަރު ދަރިންނާއެކު ވަރަށް ދަތިހާލުގައި ދިރިއުޅެމުން އަންނަ އެކަނިވެރި މަޔެއް ހިމެނޭ ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް  “މަމްސް” ޖަމިއްޔާ މަސައްކަތްފަށައި، އެ ޢާއިލާއަށް އެހީތެރިވާން ބޭނުން ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ. ”މަމްސް” ޖަމިއްޔާއިން ބުނީ މި ޢާއިލާއަށް ވަރަށް އަވަހަށް ވަނީ އެހީތެރިކަމަށް ބޭނުންވެފައެވެ. އެ ޢާއިލާގައި ތިބި ހަތަރު ކުދިންކުރެ ދެ ކުދިންނަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އެ އާއިލާ ދިރިއުޅޭ ތަނުގެ ހާލަތ...

ނާކާމިޔާބުވުމަކީ ގޮތް ބަދަލު ކުރަންޖެހޭ ކަމެއްނޫން: އިމްރާން
Raajje

ނާކާމިޔާބުވުމަކީ ގޮތް ބަދަލު ކުރަންޖެހޭ ކަމެއްނޫން: އިމްރާން

ނާކާމިޔާބީވުމަކީ އިރުއިރުކޮޅާ ހުރި ގޮތް ބަދަލު ކުރަންޖެހޭ ކަމެއްނޫން ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް، އަދާލަތު ޕާޓީގެ ރައީސް ސައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. މީސްމީޑިއާ މެދުވެރިކޮށް މިނިސްޓަރު އިމްރާން ވިދާޅުވެފައި ވަނީ، ސިޔާސީ މައިދާނުގައި ހެޔޮ ނަތީޖާ ނެރެވޭނީ، ދިގު މުއްދަތަކަށް އެއްގޮތަކަށް ދެމިހުރެގެން ކަމަށެވެ. އެކަން ސާފުކޮށް ފެންނަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. ”ސިޔާސީ މަސައްކަތުގައި އިޚްލާސްތެރި ހިތަކައިގެން، އެއްގޮތެއްގައި ދިގު މުއްދަތަކަށް ދެމިހުރެގެން މެނުވީ ހެޔޮނަތީޖާ ނު...

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު އަންނަ ހަފުތާގައި މަޖިލީހަށް ފޮނުވަނީ
Raajje

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު އަންނަ ހަފުތާގައި މަޖިލީހަށް ފޮނުވަނީ

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު އެކުލަވައިލުމުގެ މަސައްކަތް ނިމި އަންނަ ހަފުތާގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މަސައްކަތު މާޙައުލާއި ދިރިއުޅޭ މާޙައުލުގައި ޤާނޫނީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ސަރުކާރުން ބޮޑު އަހަންމިއްޔަތ...