ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ވެރިރަށް މާލޭގައި ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

އެމްޑީޕީން މިއަދު ބުނީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް އެ ޕާޓީން ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

Ad
rt

މިހަރަކާތް ބާއްވަން އެ ޕާޓީން ނިންމާފައި ވަނީ ބައިނަލްއަޤްވާމީގޮތުން ފާހަގަ ކުރާ އަންހެނުންގެ ދުވަސް ކަމަށްވާ މާރިޗް 8 ވަނަ ދުވަހުގެ އެވެ. އެދުވަހު 16:00 ގައި ފަށާ މިހަރާތް އޮންނާނީ އެމްޑީޕީގެ މައި ހަރުގެއާއި، އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ހަރަކާތެއް ކުރިއަށް ގެންދަން އެމްޑީޕީން ނިންމާފައިވާއިރު، ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވެސް ވަނީ އެ ދުވަސް ފާހަގަ ކުރަން ޖަލްސާއެއް ބާއްވަން ނިންމާފައެވެ. ޖޭޕީގެ ނައިބު ލީޑަރު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އިސްނެންގެވުމުގެ މަތިން ބާއްވާ މިޖަލްސާ އޮންނާނީ މާރިޗް 8 ވަނަ ދުވަހުގެރޭ އެ ޕާޓީގެ މައި މަރުކަޒު ކުނޫޒްގައި ކަަމަށް މައުލޫމާތު ލިބެއެވެ.

މި ދުވަސް ފާހަގަ ކުރުމަށް ރަށްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ވެސް އަންނަނީ ދުރާލާ ހަރަކާތްތައް ރާވަމުންނެވެ.

ކޮންމެ އަހަރެއްގައި ވެސް ބައިނަލްއަގްވާމީ ގޮތުން އަންހެނުންގެ ދުވަސް ގޮތުގައި ފާހަގަ ކުރަނީ މާރިޗް 8 ވަނަ ދުވަހެވެ.