އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދަން ބޮޑު ސަރަހައްދެއް ބަލާފައިވާއިރު، އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އާގަލާ ބޯޓު ދަތުރު ކުރަމުން ދަނިކޮށް އެ ބޯޓުގައި އަލިފާން ރޯވީ މ. އަތޮޅު ތުވަރު އާއި ހިސާބުންނެވެ. މި ހާދިސާ ހިނގާފައި ވަނީ މި ހިނގާ މާރިޗް މަހުގެ 5 ވަނަ ދުވަހުގެ ރެއެވެ.
އަލިފާން ރޯވުމާއެކު އެ ދޯނީގައި ތިބި 15 މީހުން ވަނީ ކަނޑަށް ފުންމާލާފައެވެ. އޭގެ ތެރެއިން 14 މީހުން ސަލާމަތްކޮށްފައިވާއިރު މިހާތަނަށް އަދި އެކަކު ނުފެނެއެވެ.
އެމްއެންޑީއެފުން މިއަދު ވިދާޅުވީ، އާގަލާ ބޯޓުން ގެއްލިފައިވާ ފަޅުވެރިޔާ ހޯދުމަށް, 6 މާރިޗް 2023 ގައި 332.35 އަކަކިލޯ މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
އޭނާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރަމުން އަންނައިރު މިއަދުވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
އާގަލާ ބޯޓުގައި އަލިފާން ރޯވެގެން، އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ 5 މާރިޗް 2023 ވަނަ ދުވަހުގެ ރޭ 02:47 ހާއިރުއެވެ.
އެ ބޯޓުގައި ތިބީ 5 ދިވެހިންނާއި ބަންގްލަދޭޝް 5 މީހުންނާއި އިންޑިއާ 5 މީހުންނެވެ. ގެއްލިގެން ހޯދަމުން ދަނީ އިންޑިއާ މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!