މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,951 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އެމްޕީއެލްގެ ކިޑްސް ކެއާ ސެންޓަރު ހުޅުވައިފި
Raajje

އެމްޕީއެލްގެ ކިޑްސް ކެއާ ސެންޓަރު ހުޅުވައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޤާއިމުކުރި ކިޑްސް ކެއާ ސެންޓަރު މިއަދު ހުޅުވައިފިއެވެ. މިއަދު ހެނދުނު މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މި ސެންޓަރު ހުޅުއްވައި ދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު އެވެ. މި ސެންޓަރަކީ ސަރުކާރުގެ ރައްޔިތުންނަށް އިޖްތިމާޢީ ހަމަޖެހުން ގެނެސްދިނުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށާއި، ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ބާރުއެޅުމުގެ ސިޔާސަތުގެ ދަށުން، އެމްޕީއެލްގެ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެތަނުގެ މުވައްޒަފުން ވަޒީފާގައި ހޭދަކުރާ ވަގުތުތ...

ކުރެންދޫގައި 50 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި
Raajje

ކުރެންދޫގައި 50 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި

ޅ. ކުރެންދޫގައި 50 ހައުސިން ޔުނިޓު އިމާރާތް އަޅަން މިއަދު ހަވާލުކޮށްފިއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫޢޫގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް އާއެވެ. އެސް.ޖޭ ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 95،980،140 ރުފިޔާ އެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ. ކުރެންދޫގައި 50 ހައުސިން ޔުނިޓު އިމާރާތް އަޅަން މިއަދު ހަވާލުކުރިއިރު، މި […]

ހއ. އަތޮޅުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން ބާއްވާ ފޯރަމް ފަށައިފި
Thiladhunmathi News

ހއ. އަތޮޅުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން ބާއްވާ ފޯރަމް ފަށައިފި

ހއ. އަތޮޅުގެ ސުކޫލުތަކުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން އެ އަތޮޅު ކައުންސިލުން ބާއްވާ ފޯރަމް މިއަދު ފަށައިފިއެވެ. ހއ. އަތޮޅު ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މި ފޯރަމްގައި ހއ. އަތޮޅުގެ 14 ސްކޫލުން 12 ޕްރިންސިޕަލުންނާއި 1 އެޑްމިނިސްޓްރޭޓަރ އަދި އެ އަތޮޅުގެ ރަށު ކައުންސިލްތަކުގެ 08 ރައީސުން އަންނަނީ ބައިވެރިވަމުންނެވެ. މި ފޯރަމްގެ މަޤްސަދަކީ ހއ. އަތޮޅުގެ ސުކޫލުތަކުގެ ގުޅުން ރަނގަޅުކޮށް ބެސްޓް ޕްރެކްޓިސް ޙިއްޞާ ކުރެވޭނެ މަގުފަހިކޮށްދިނުމަށާއި، އަތޮޅުގެ ތަޢުލީމީ ތަޞައްވުރެއް ކަނޑައަޅައި އެމަ...

ފުލުހުންގެ މުއައްސަސާ އިތުރަށް ރިފޯމް ކުރުމުގެ މަސައްކަތްފެށީ ވަރުގަދަ އަޒުމާއެކު: އިމްރާން
Raajje

ފުލުހުންގެ މުއައްސަސާ އިތުރަށް ރިފޯމް ކުރުމުގެ މަސައްކަތްފެށީ ވަރުގަދަ އަޒުމާއެކު: އިމްރާން

ދިވެހި ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް, ރިފޯމް ކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރުން ފެށީ ކަމުގެ ހަޤީގަތް އެނގިތިބެ, އެ މަސައްކަތް ކޮޅެއްގައި ޖެއްސުމުގެ ވަރުގަދަ އަޒުމާއެކުގައި ކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިއަދު ފެށި ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސާއި ގުޅޭގޮތުން މި...

"މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2023" ދީފި
Raajje

"މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2023" ދީފި

ސަރުކާރުން ދޭ “މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2023” ރޭ ދީފިއެވެ. މި އެ ވޯޑަކީ ރާއްޖޭގައި ބޭއްވޭ ކުޅިވަރުގެ ދާއިރާގެ އެންމެ ބޮޑު އެވޯޑް ޙަފްލާއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިންތިޒާމުކޮށްގެން ބޭއްވި، މި އެ ވޯޑުގެ އެންމެ ޝަރަފުވެރި އެވޯޑްތައް ލިބުނު ފަރާތްތަކަށް އެ ވޯޑުތައް ހަވާލުކޮށް ދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މިގޮތުން ރޭ މާލޭ ކުޅިވަރު އެކުވެނި ސިންތެޓިލް ޓްރެކްގައި ބޭއްވި މިއެވޯޑް ޙަފްލާގައި، “ލައިފްޓައިމް […]

އިމާރާތަކުން ވެއްޓި ނިޔާވި މީހާގެ ފޮޓޯ ދައުރު ނުކުރުމަށް އެދިއްޖެ
Raajje

އިމާރާތަކުން ވެއްޓި ނިޔާވި މީހާގެ ފޮޓޯ ދައުރު ނުކުރުމަށް އެދިއްޖެ

މިރޭ މާލޭގެ އިމާރާތަކުން ވެއްޓި ނިޔާވި އަންހެން މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ. މާލޭގެ ހެންވޭރު އިމާރާތަކުން މީހަކު ވެއްޓުނު ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 20:05 ހާއިރުއެވެ. މި ހާދިސާގައި ވެއްޓިފައި ވަނީ 32 އަހަރުގެ އަންހެނެކެވެ. އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ފުލުހުންނަށް މައުލޫމާތު ދެއްވާފައެވެ. ފުލުހުންގެ ސްޕޯކް ޕާސަން މިރޭ މީޑިއާތަކަށް...

މާލޭ އިމާރާތަކުން ވެއްޓުނު މީހާ ނިޔާވެއްޖެ
Raajje

މާލޭ އިމާރާތަކުން ވެއްޓުނު މީހާ ނިޔާވެއްޖެ

މާލޭގެ އިމާރާތަކުން މިރޭ ވެއްޓުނު މީހާ ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. ނިޔާވެފައި ވަނީ 34 އަހަރުގެ ދިވެހި އަންހެނެކެވެ. މާލޭގެ އިމާރާތަކުން މީހަކު ވެއްޓިއްޖެ މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 20:05 ހާއިރުކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ތަފްސީލް ލިބޭގޮތެއް އަދި ނުވެއެވެ.

މާލޭގެ އިމާރާތަކުން މީހަކު ވެއްޓިއްޖެ
Raajje

މާލޭގެ އިމާރާތަކުން މީހަކު ވެއްޓިއްޖެ

މާލޭގެ އިމާރާތަކުން މީހަކު ވެއްޓިގެން ދިވެހި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. މީހަކު ވެއްޓިފައި ވަނީ ހެންވޭރުގައި ހުންނަ އިމާރާތަކުންނެވެ. މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 20:05 ހާއިރުއެވެ. ”ފުލުހުން ދަނީ ސީނުގައި ހަރަކާތްތެރިވަމުން” ފުލުހުން ވިދާޅުވިއެވެ. ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތު ލިބުނު ވަރަކުން މީޑިއާތަކާއި ހިއްސާ ކުރައްވާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މާލޭގެ ގެއަކުން މިރޭ މީހަކު ވެއްޓުނު އިރު، ރޭ ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. ރޭގެ ހާދިސާ […...

އެސްޖީގެ މައްސަލާގައި ސީއެސްސީން އިހަވަންދޫ ކައުންސިލް ގޮވައިގެން ކޯޓަށް
Thiladhunmathi News

އެސްޖީގެ މައްސަލާގައި ސީއެސްސީން އިހަވަންދޫ ކައުންސިލް ގޮވައިގެން ކޯޓަށް

ހއ. އިހަވަންދޫ ކައުންސިލަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ޢައްޔަނުކޮށްފައިވާ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އަށް އިހަވަންދޫ ކައުންސިލްގައި ވަޒީފާ އަދާކުރުމަށް އެކަށީގެންވާ މާހައުލެއް ޤާއިމުކޮށް ދިނުމަށް އިހަވަންދޫ ކައުންސިލްގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި ސީއެސްސީން އެ މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ. ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް އައްޔަނުކުރުމުގައި ދިމާވެފައިވާ މައްސަލަތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާނެ ފަރާތެއް ނެތް ރަށެއްގެ މ...

ގެއެއްގެ 5 ވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖަކު ނިޔާވެއްޖެ
Raajje

ގެއެއްގެ 5 ވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖަކު ނިޔާވެއްޖެ

މާލޭގެ ގެއެއްގެ 5 ވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖަކު ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ. އެ ކުއްޖާ ވެއްޓިފައި ވަނީ މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެ 5 ވަނަ ފަންގިފިލާއިންނެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެއީ 4 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި އެ ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ރޭ 12:30 ހާއިރު ލިބިފައިވާ ކަމަށެވެ. ‘’އޭޑީކޭ ހޮސްޕިޓަލްގައި ކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ’’ ފުލުހުން ވިދާޅުވިއެވެ. ފުލުހުން […]

އެމްއެންޕީގެ ކެންޑިޑޭޓް ތައާރަފް ކުރުމުގެ ދަތުރުތައް ފަށައިފި
Raajje

އެމްއެންޕީގެ ކެންޑިޑޭޓް ތައާރަފް ކުރުމުގެ ދަތުރުތައް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓް، ގުރައިދޫ، ފިޔާތޮށިގެ، އަލީ އާރިފް (އާރިއްޕެ) ތައާރަފް ކުރުމުގެ ދަތުރުތައް މިއަދު އެ ޕާޓީން ފަށައިފިއެވެ. ކެންޑިޑޭޓް ތައާރަފް ކުރުމުގެ މި ދަތުރުގައި ކެންޑިޑޭޓާއެކު ޕާޓީގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ އެ ޕާޓީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެވެ. އެމްއެންޕީން ބުނި ގޮތުގައި ކެންޑިޑޭޓް […]

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޙާއްސަ ޙައްޖު ޖާގައަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި
Raajje

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޙާއްސަ ޙައްޖު ޖާގައަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ލިބޭ ޙައްޖު ކޯޓާތަކުގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޙާއްސަ ޙައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުންޏަށް 1444 ވަނަ އަހަރުގެ ޙައްޖަށް މީހުން ގެންދަން ލިބޭ ކޯޓާގެ ތެރެއިން %5، އެ ކުންފުނި މެދުވެރިކޮށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ، އަދި ޙައްޖު ޖާގަ ކަށަވަރުވާ ކަމަށް ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް […]

ރައީސް ޤަތަރާއި ޖަރުމަނަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި
Raajje

ރައީސް ޤަތަރާއި ޖަރުމަނަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ޤަޠަރާއި ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ފުރަތަމަ ރައީސް ވަޑައިގަތީ ޤަޠަރަށެވެ. އެ ޤައުމަށް ވަަޑައިގެން އެ ޤައުމުގެ ދޯހާގައި ކުރިޔަށްދިޔަ އެކުވެރި ދައުލަތްތައް (އ.ދ)ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ޖެނެރަލް ޑިބޭޓްގައި އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ކޮންފަރެންސްގެ ހަވާސާގައި އެމަނިކުފާނު ވަނީ އ.ދގެ ސެކްރެޓަރީ ޖެނެރަލ...

ރައީސްގެ ''އިންޑިއާ ފަސްޓް'' ޕޮލިސީ އަކީ މިނިވަންކަން ހިމާޔަތް ކުރުމަށް މުހިންމު ސިޔާސަތެއް: ޝަރީފް
Raajje

ރައީސްގެ ''އިންޑިއާ ފަސްޓް'' ޕޮލިސީ އަކީ މިނިވަންކަން ހިމާޔަތް ކުރުމަށް މުހިންމު ސިޔާސަތެއް: ޝަރީފް

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ”އިންޑިއާ ފަސްޓް” ޕޮލިސީ އަކީ ދިވެހި ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރުމަށާއި، ސަލާމަތްތެރިކަން ދެމެހެއްޓުމަށް މުހިންމު ސިޔާސަތެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ. މީސް މީޑިއާގައި ޚިޔާލު ފާޅު ކުރައްވަމުން ޝަރީފް ވިދާޅުވީ، ޤައުމުގެ ޚާރިޖީ ސިޔާސަތު ބައްޓަންވާން ޖެހޭނީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމުގެ މައްޗަށް ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ޚާރިޖީ ސިޔާސަތު ބިނާވެފައި ވަނީ އެ ގޮތައް ކަމަށް ވ...

ގުރައިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ޝާޒް އަށް
Raajje

ގުރައިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ޝާޒް އަށް

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓް ދޭނެ އެ ޕާޓީގެ މެންބަރަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ، ކ. ގުރައިދޫ ފައިވްރޯސް، އިބްރާހީމް ޝާޒް ކާމިޔާބު ކޮށްފިއެވެ. މިއަދު އެމްޑީޕީން ކުރިއަށް ގެންދިޔަ ޕްރައިމަރީގައި ވެރިރަށް މާލޭގެ އިތުރުން ގުރައިދޫ ދާއިރާގެ ތިން ރަށް ކަމުގައިވާ ގުރައިދޫ، މާފުށި އަދި ގުޅީ ގައިވެސް ވޯޓު ފޮށި ބެހެއްޓިއެވެ. މި ޕްރައިމަރީގެ ވޯޓުލުން ހަވީރު 5:00 އާއި ހަމައަށް ކުރިއަށް […]