ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމްގެ އެޑްވައިޒަރު އިލްހާމް އަހްމަދާއި، އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދުގެ ބައްދަލުވުމެއް ކުރިއަށް ދާކަމުގެ މައުލާތު ލިބިއްޖެއެވެ.

މައުލޫމާތު އެނގޭ މީހަކު ބުނިގޮތުގައި ނަޝީދު، އިލްހާމާއި ބައްދަލު ކުރެއްވުން ފެށުނީ 12:30 ހާއިރުއެވެ. އެ ބައްސަލުވުން ކުރިއަށް ދަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

Ad
rt

މިއީ ނަޝީދު ގާސިމްގެ އެޑްވައިޒަރ އިލްހާމް އާއި ބައްދަލު ކުރައްވާ ތިންވަނަ ފަހަރެވެ.

ނަޝީދު، އިލްހާމާއި ބައްދަލު ކުރައްވަމުން މި ގެންދަވަނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާޙީމް ރިޔާސީ ރޭހަށް ނުކުންނަވައިފިނަމަ ނަޝީދާއި، ނަޝީދުގެ ފިކުރެއްގެ ދިރުން ޓީމުން ޤާސިމަށް ތާއީދު ދެއްވާނެކަމުގެ އިޝާރާތް ކުރައްވާފައި ވަނިކޮށެވެ.

ޤާސިމް ރިޔާސީ އިންތިޚާބަށް ނުކުންނަވަން ރަސްމީކޮށް އަދި ނުނިންމެވި ނަމަވެސް ޖޭޕީ އިސްވެއޮވެ ކޯލިޝަން ހެދުމަށް އެހެން ޕާޓީތަކާ މަޝްވަރާ ކުރުމުގެ ބާރު ޖޭޕީގެ ކައުންސިލުން ވަނީ ޤާސިމަށް ދީފައެވެ.

މިހާތަނަށް ޖޭޕީގެ އާންމު މެންބަރުންނާއި ލީޑާޝިޕްގެ ގިނަ ބޭފުޅުންގެ ވެސް ރޫޙް ހުރީ ޤާސިމް ރިޔާސީ އިންތިޚާބަށް ނުކުންނެވުމަށެވެ.