Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,447 Stories
2,637 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

24 ރަށެއްގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ފަށަނީ
Raajje

24 ރަށެއްގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ފަށަނީ

ދިވެހިރާއްޖޭގެ ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެސްޕަޔަރ އަދި އެރައިޒް މަޝްރޫއުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ނިންމައިފިއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަވެ، އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ލަފާކުރެވެއެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިރުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އު...

ނޮޅިވަރަންފަރު ކައުންސިލް ކަޕް ހޭންޑް ބޯޅަ ތަށި އޯސަން ސްޕޯޓްސް ދިފާޢުކޮށްފި
Thiladhunmathi News

ނޮޅިވަރަންފަރު ކައުންސިލް ކަޕް ހޭންޑް ބޯޅަ ތަށި އޯސަން ސްޕޯޓްސް ދިފާޢުކޮށްފި

ހދ. ނޮޅިވަރަންފަރު ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ”ކައުންސިލް ކަޕް 2026” ހޭންޑް ބޯލް މުބާރާތުގެ  ޗެމްޕިއަންކަން ހޯދައި، އޯސަން ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ތަށި ދިފާޢުކޮށްފިއެވެ. މި މުބާރާތުގެ ފޯރި ގަދަ ފައިނަލްގައި މިދިޔަ މުބާރާތުގެ ވެސް ޗެމްޕިއަން އޯސަން ސްޕޯޓްސް ކްލަބު ނުކުތީ ވީކޭޕީއާ ދެކޮޅަށެވެ. މި ދެ ޓީމުގެ ކުރިމަތިލުމުގައި އޯސަން ސްޕޯޓްސް ކްލަބް ކުރި ހޯދީ 42-25 ގޯލުގެ ބޮޑު ތަފާތަކުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ […]

ކަނޑުއޮތްގިރި އައިސް ޕްލާންޓުން އައިސް ވިއްކަން ފަށައިފި
Raajje

ކަނޑުއޮތްގިރި އައިސް ޕްލާންޓުން އައިސް ވިއްކަން ފަށައިފި

މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ކޯޕަރޭޝަން (މިފްކޯ) އިން ކަނޑުއޮތްގިރީގައި އަލަށް ގާއިމުކުރި އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ވިއްކުމުގެ ހިދުމަތް ހޯމަ ދުވަހު ރަސްމީކޮށް ފަށައިފިއެވެ. ކަނޑުއޮތްގިރި ފިޝް ވިލެޖުގައި މިފްކޯއިން ގާއިމުކޮށްފައިވަނީ 25 ޓަނުގެ އައިސް ޕްލާންޓެކެވެ. މި އައިސް ޕްލާންޓާއެކު އެ ރަށުގައި ހިކިމަސް އުފައްދާ ކާރުޚާނާއެއް ވެސް ވަނީ ގާއިމުކޮށްފައެވެ. މި ދެ ވަސީލަތް ރަސްމީކޮށް ހުޅުވާފައިވަނީ 14 ޖުލައި 2026 ގައެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ބުނިގޮތުގައި ކަނޑުއޮތްގިރި...

ދަނޑުތައް ބޭނުންކުރެވޭ ހާލަތުގައި ނެތުމުން ''ކުޅުދުއްފުށި ޗެމްޕިއަންޝިފް 2026''ގެ ބަދަލުގައި ފުޓްސަލް މުބާރާތެއް
Thiladhunmathi News

ދަނޑުތައް ބޭނުންކުރެވޭ ހާލަތުގައި ނެތުމުން ''ކުޅުދުއްފުށި ޗެމްޕިއަންޝިފް 2026''ގެ ބަދަލުގައި ފުޓްސަލް މުބާރާތެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބާއްވަމުން އަންނަ “ކުޅުދުއްފުށި ޗެމްޕިއަންޝިފް 2026″ގެ ބަދަލުގައި ދެ ޖިންސަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް އެ ކައުންސިލުން މިއަދު ނިންމައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިގޮތަށް ނިންމީ އެ ކައުންސިލްގެ ފަސްވަނަ ދައުރުގެ 11 ވަނަ ޢާންމު ބައްދަލުވުމުގައެވެ. 29 ޖުލައި 2026 ގައި ބޭއްވި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ 11 ވަނަ ޢާންމު ބައްދަލުވުމުގެ މި ނިންމުމުގައި ވަނީ، ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމް، ކޮރަލްދަނޑު އަދި ހިރަފުސްދަނޑު [...

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 13 މަރު، ރައީސް މުޢިއްޒުގެ ތައުޒިޔާ
Raajje

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 13 މަރު، ރައީސް މުޢިއްޒުގެ ތައުޒިޔާ

ޖަޕާނުގެ ކުމަމޯޓޯ ޕްރިފެކްޗާ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، އަދި ގެދޮރާއި މުދަލަށާއި މުހިންމު ބިނާރަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ޖަޕާނުގެ ބޮޑުވަޒީރު، ހަރ އެކްސެލެންސީ ތަކައިޗީ ސަނާއޭއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހަމްދަރުދީ ފޮނުއްވައި، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް ފޮނުއްވި މެސެޖުގައި، މި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަފާޅުކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޖަޕާނުގެ ބޮޑުވަޒީރަށ...

އެމްޓީޑީސީގެ އައު އެމްޑީގެ މަގާމަށް ޙާރިޘް އައްޔަނުކޮށްފި
Business

އެމްޓީޑީސީގެ އައު އެމްޑީގެ މަގާމަށް ޙާރިޘް އައްޔަނުކޮށްފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޙާރިޘް މުހައްމަދު އިއްޔެ އައްޔަނުކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނި ގޮތުގައި، އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ދަފްތަރު ނަންބަރު ރސ 4289، ޙާރިޘް މުޙައްމަދު އައްޔަނުކޮށްފައިވަނީ 28 ޖުލައި 2024 ގައެވެ. އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ހުސްވީ، ކުރިން އެ މަ...

ހިމަބިހީގެ އިތުރު 20 ކޭހެއް، ޖުމްލަ އަދަދު 186 އަށް
Raajje

ހިމަބިހީގެ އިތުރު 20 ކޭހެއް، ޖުމްލަ އަދަދު 186 އަށް

ރާއްޖޭގައި އިތުރު 20 މީހަކަށް ހިމަބިހި (މީސްލްސް)، މި ބަލި ޖެހުނު މީހުންގެ އަދަދު 186 އަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެޗްޕީއޭއިން އަންގާރަ ދުވަހު އާންމުކުރި ތަފާސްހިސާބުގައި ބުނާގޮތުގައި މިދިޔަ ހަފްތާގައި ރާއްޖެއިން ވަނީ ހިމަބިހީގެ އައު 20 ކޭހެއް ފެނިފައެވެ. މިއާއިއެކު މި ބަލި ޖެހުނު މީހުންގެ އަދަދު 186 އަށް އަރާފައިވާކަމަށް މި ތަފާސްހިސާބުތަކުން ދައްކައެވެ. އެޗްޕީއޭއިން ވަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިނުވާކަން ޔަގީންވާ...

ހދ.އަތޮޅަކީ ފަޅުރަށްތައް މަދު އަތޮޅެއް، އަތޮޅުގެ ރީތި ރަށަކަށް ކުނި ޖަމާކުރުމާ ދެކޮޅު: އާތިފް
Thiladhunmathi News

ހދ.އަތޮޅަކީ ފަޅުރަށްތައް މަދު އަތޮޅެއް، އަތޮޅުގެ ރީތި ރަށަކަށް ކުނި ޖަމާކުރުމާ ދެކޮޅު: އާތިފް

ސިނާއީ ރަށް ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް ހދ. އަތޮޅުގައި އޮންނަ ފަޅުރަށެއްކަމަށްވާ ކުނބުރުދޫ އަށް ގެންދަން ނިންމާފައިވާކަމަށް ވެމްކޯއިން ބުނުމުން އެކަމާ ދެކޮޅުކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލާއި ހަވާލާދީ ”މިހާރު” ނޫހުގައި މިއަދު ޝާޢިއުކުރި ޚަބަރެއްގައި ބުނެފައި ވަނީ ވެމްކޯ ސައިޓްގައި އެނދި ކުނިތައް އެތަނުން ނަގައި، ކުނބުރުދޫގައި ހިންގާ ވޭސްޓް މެނޭޖު...

ސަރުކާރުގެ އިދާރާއަކަށް ޑްރަގް ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި
Raajje

ސަރުކާރުގެ އިދާރާއަކަށް ޑްރަގް ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ނ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފްސީއެސްސީ) އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު / ފުންވިލު، ޒައިދު މުޙައްމަދު (36އ) އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ މި ޖުލައި މަހުގެ 26 ވަނަ […]

އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިއަން، ސިޓީތަކަށް 20 އިންސައްތަ
Raajje

އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިއަން، ސިޓީތަކަށް 20 އިންސައްތަ

އަންނަ އަހަރަށް ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފިއެވެ. މިއީ މި ހިނގާ އަހަރާ ދާދި އެއްވަރުގެ އަދަދެއް ކަމަށާއި، 2028 ވަނަ އަހަރާ ހަމައަށް މި އަދަދު 2.6 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް އެ މިނިސްޓްރީން ލަފާކުރެއެވެ. ކައުންސިލްތަކަށް ބަޖެޓު ދޫކުރުމުގައި އެންމެ ބޮޑު ހޭދައެއް ކުރަނީ ސިޓީ ކައުންސިލްތަކަށެވެ. އެގޮތުން ރާއްޖޭގެ ފަސް ސިޓީއަކަށް ބްލޮކް ގްރާންޓް ބަޖެޓުގެ 20 އިންސައްތަ ހޭދަކުރުމަށް ވަނީ […]

އޮސްޓްރޭލިއާ އިން ހަދިޔާކުރި މަނަވަރު ރަސްމީކޮށް ޚިދުމަތަށް ނެރެފި
Raajje

އޮސްޓްރޭލިއާ އިން ހަދިޔާކުރި މަނަވަރު ރަސްމީކޮށް ޚިދުމަތަށް ނެރެފި

ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، އޮސްޓްރޭލިއާ ސަރުކާރުން ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރު މިރޭ ރަސްމީކޮށް ހިދުމަތަށް ނެރެފި އެވެ. ”ކޯސްޓްގާޑް ޝިޕް އިމާދުއްދީން”ގެ ނަން ދީފައިވާ މި މަނަވަރު ރަސްމީކޮށް ޚިދުމަތަށް ނެރުމަށް ބޭއްވި ރަސްމިއްޔާތު މިރޭ އޮތީ ހުޅުމާލެ ޕޯޓުގައެވެ. މި ރަސްމިއްޔާތުގައި މި މަނަވަރު ކޮމިޝަންކޮށްދެއްވީ ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި މިއުޅަނދަކީ އޮސްޓްރޭލިއާގެ ހެން...

ނަރުދޫ ކައުންސިލްގެ ފުޓްސަލް ފިއެސްޓާގެ ތަށި އުފުލާލީ ''ކަމިން އަޕް'' އިން
Thiladhunmathi News

ނަރުދޫ ކައުންސިލްގެ ފުޓްސަލް ފިއެސްޓާގެ ތަށި އުފުލާލީ ''ކަމިން އަޕް'' އިން

ށ. ނަރުދޫ ކައުންސިލްގެ 12 ވަނަ ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ފުޓްސަލް މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ކާމިޔާބުކޮށް، މުބާރާތުގައި އަލަށް ވާދަކުރި “ކަމިން އަޕް” ޓީމުން ޗެމްޕިއަންކަން ހޯދައިފިއެވެ. މި މެޗުގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ ރާއްޖޭގެ މަޝްހޫރު ކޯޗު ޢަލީ ޝުޒޭންއެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅުނު މި ފައިނަލް މެޗުގައި ކަމިން އަޕް އިން ތަށި އުފުލާލީ އިއްތިހާދު އެފްސީއާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެންނެވެ. ފޯރިގަދަ ކުޅުމެއް […]

ސައޫދީ ވަލީއަހްދުގެ ހާއްސަ މުޝީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު ފުރާވަޑައިގެންފި
Raajje

ސައޫދީ ވަލީއަހްދުގެ ހާއްސަ މުޝީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު ފުރާވަޑައިގެންފި

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ރާއްޖެ ވަޑައިގެން ސައޫދީއަރަބިއްޔާގެ ވަލީއަހްދު މުޙައްމަދު ބިން ސަލްމާންގެ މުޝީރެއްކަމަށްވާ، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅަށްފަހު މިއަދު ފުރައިވަޑައިގެންފިއެވެ. ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބަކީ ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމުގެ އިތުރުން އެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ވެސް މެއެވެ....

ދިއްދޫގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތް ފަށައިފި
Thiladhunmathi News

ދިއްދޫގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން، ހއ. ދިއްދޫގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް އިއްޔެ ފަށައިފިއެވެ. ދިއްދޫ ކުރިމަގު ޖަމިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، ރައީސްގެ 5 މިލިއަން ގަސް އިންދުމުގެ ވަޢުދުގެ ދަށުން ހއ. ދިއްދޫ ކައުންސިލާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 26 ޖުލައި 2026 ގައެވެ. ދިވެހިރާއްޖޭގެ މިނިވަން ދުވަހާ […]

ޖަޕާނުގެ އެހީތެރުކަމާއެކު ބިނާކުރި އެމްއާރުސީސީގެ އައު އިމާރާތް ހުޅުވައިފި
Raajje

ޖަޕާނުގެ އެހީތެރުކަމާއެކު ބިނާކުރި އެމްއާރުސީސީގެ އައު އިމާރާތް ހުޅުވައިފި

އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)ގެ އައު އިމާރާތް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ. ވިލިމާލޭގައި ހުންނަ އެމްއާރުސީސީގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ދިފާޢީ ވަޒީރު ޙަސަން ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްއާރުސީސީ...