ހދ. ނޮޅިވަރަންފަރު ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ''ކައުންސިލް ކަޕް 2026'' ހޭންޑް ބޯލް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، އޯސަން ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ތަށި ދިފާޢުކޮށްފިއެވެ.

މި މުބާރާތުގެ ފޯރި ގަދަ ފައިނަލްގައި މިދިޔަ މުބާރާތުގެ ވެސް ޗެމްޕިއަން އޯސަން ސްޕޯޓްސް ކްލަބު ނުކުތީ ވީކޭޕީއާ ދެކޮޅަށެވެ. މި ދެ ޓީމުގެ ކުރިމަތިލުމުގައި އޯސަން ސްޕޯޓްސް ކްލަބް ކުރި ހޯދީ 42-25 ގޯލުގެ ބޮޑު ތަފާތަކުންނެވެ.

Ad
d

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޯސަން ސްޕޯޓްސްގެ ޖޯޒީ ނަންބަރު 11 އައިޝަތު ރިމާޒާ އަލީއެވެ.

ނޮޅިވަރަންފަރު ކައުންސިލް ކަޕް ހޭންޑް ބޯލް ޗެމްޕިއަން އޯސަން ސްޕޯޓްސް، ފޮޓޯ: ނޮޅިވަރަންފަރު ކައުންސިލް

މި މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވިފައި ވަނީ ޓީމު ކުޅުދުއްފުށީގެ ޖޯޒީ ނަންބަރު 24 ޚަދީޖާ، ވީކޭޕީގެ ޖޯޒީ ނަންބަރު 11 ފާތިމަތު ޖުނާ، އޯސަން ސްޕޯޓްސް ކްލަބް ޖޯޒީ ނަންބަރު 10 ޒުހާ ހުސައިން، އޯސަން ސްޕޯޓްސް ކްލަބް ޖޯޒީ ނަންބަރު 7 ފާތިމަތު ސިބާނާ، ނޭކުރެންދޫ ރެކްރިއޭޝަން ކްލަބްގެ ޖޯޒީ ނަންބަރު 22 އައިޝަތު ސަބާ، ޓީމް ކުޅުދުއްފުށީގެ ޖޯޒީ ނަންބަރު 23 އާލާ އަބުދުއްރަޝީދު އަދި އޯސަން ސްޕޯޓްސް ކްލަބްގެ 11 އައިޝަތު ރިމާސާ ޢަލީއެވެ.

ނޮޅިވަރަންފަރު ކައުންސިލް ކަޕް ހޭންޑް ބޯލް ރަނަރަޕް ވީކޭޕީ، ފޮޓޯ: ނޮޅިވަރަންފަރު ކައުންސިލް

މި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ޓީމް ކުޅުދުއްފުށި ޖޯޒީ ނަންބަރު 8 ފާތިމަތު ރަމްޝާ ހޮވިފައިވާއިރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެެރިއަކަށް ހޮވުނީ ވީކޭޕީގެ ޖޯޒީ ނަންބަރު 11 ފާތިމަތު ޖުނާއެވެ. އޭނާ ވަނީ މުބާރާތުގައި 83 ގޯލް ޖަހާފައެވެ.

އެންމެ ގިނަ ގޯލު ޖެހި ޖުނާ، ފޮޓޯ: ނޮޅިވަރަންފަރު ކައުންސިލް

މި މުބާރާތުގެ އެންމެ މޮޅު ކޯޗަކީ އޯސަން ސްޕޯޓްސް ކްލަބްގެ ކޯޗު އަބުދުއްރަޝީދު މުހައްމަދު (އަބުސީ) އެވެ. ފެއާޕްލޭ ޓީމަކީ ޓީމް ކުޅުދުއްފުއްޓެވެ.

އެންމެ މޮޅު ކުޅުންތެރިން، ފޮޓޯ: ނޮޅިވަރަންފަރު ކައުންސިލް

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ކްއީން އޮފްދަ ޓޯނަމަންޓްގެ މަގާމް ހޯދީ އޯސަން ސްޕޯޓްސް ކްލަބްގެ ޖޯޒީ ނަންބަރު 10 ޒުހާ ހުސައިން އެވެ.

މި މުބާރާތުގެ ރަނަރަޕް ޓީމް ވީކޭޕީ އަށް ފައިސާގެ އިނާމްގެ ގޮތުގައި 10،000 ރުފިޔާ އާއި، ޓްރޮފީ އަދި މެޑަލް ދީފައިވެއެވެ.

ކްއީން އޮފްދަ ޓޯނަމަންޓް، ފޮޓޯ: ނޮޅިވަރަންފަރު ކައުންސިލް

މި މުބާރާތުގެ ޗެމްޕިއަން އޯސަން ސްޕޯޓްސް ކްލަބަށް ޓްރޮފީ އާއި މެޑަލް އަދި ފައިސާގެ އިނާމްގެ ގޮތުގައި 20،000 ރުފިޔާ ދީފަވެއެވެ.

Ad
df

މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމެވެ.