ކަރަންޓު ވިއުގައަށް ހަމަލާދީފިނަމަ އެމެރިކާގެ ހަކަތައިގެ ވަސީލަތްތަކަށާއި އިސްރާއީލަށް ހަމަލާދޭނަން: އީރާން
އީރާނުގެ ވެރިރަށް ތެހެރާން ހިމެނޭހެން އެ ގައުމުގެ ކަރަންޓު ވިއުގަ އާއި ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް އަސްކަރީ ހަމަލާތަކެއް ދިނުމަށް އެމެރިކާ އާއި އިސްރާއީލުން މަޝްވަރާ ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިކަމާ ގުޅިގެން އީރާނުން ވަނީ، އެ ގައުމަށް ހަމަލާއެއް ދީފިނަމަ އިސްރާއީލުގެ މުހިންމު އިންފްރާސްޓްރަކްޗަރތަކަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ ހަކަތައިގެ ވަސީލަތްތަކަށް ވަރުގަދަ ބަދަލެއް ހިފާނެ ކަމުގެ އިންޒާރު ދީފައެވެ. އެމެރިކާގެ އަސްކަރީ ޕްލޭނަރުންނާއި ވައިޓް ހައުސްގެ އިސް އޮފިޝަލ...