މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
3,003 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މަސްވެރިންނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 100 މިލިޔަން ރުފިޔާ މާދަމާ ދެނީ
Raajje

މަސްވެރިންނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 100 މިލިޔަން ރުފިޔާ މާދަމާ ދެނީ

ދިވެހި މަސްވެރިންނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 100 މިލިޔަން ރުފިޔާ މާދަމާ ދޭނެކަމަށް ސަރުކާރުން ބުނެފިއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭޭ ވުޒާރާއިން މިރޭ ބުނީ މަސްވެރިންނަށް މިހާތަނަށް ނުދެވިހުރި ފައިސާ ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާދަމާ މަސްވެރިންނަށް 100 މިލިޔަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ދިވެހި މަސްވެރިންނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 100 މިލިޔަން ރުފިޔާ މާދަމާ ދޭން ސަރުކާރުން ނިންމިއިރު، މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަ...

އަމީނީ މަގާއި ގުޅިފައިވާ ދެ ޖަންކްޝަނެއް ވެހިކަލްތަކަށް މާދަމާ ހުޅުވާލަނީ
Raajje

އަމީނީ މަގާއި ގުޅިފައިވާ ދެ ޖަންކްޝަނެއް ވެހިކަލްތަކަށް މާދަމާ ހުޅުވާލަނީ

އަމީނީ މަގުގެ ނުނިމި އޮތް ބައި ނިންމުމުގެ މަސައްކަތް ނިންމުމަށްފަހު، އެ މަގާއި ގުޅިފައިވާ ދެ ޖަންކްޝަންއެއް މާދަމާ އެއްގަމު އުޅަނދުފަހަރަށް ހުޅުވާލަން ނިންމައިފިއެވެ. މާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިރޭ ބުނީ، މާދަމާ ހެނދުނު 6:00 ގައި އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަން އަދި ކަނބާ އައިސަރަނި ހިނގުމާ އަމީނީ މަގު ގުޅޭ ޖަންކްޝަން ޓްރެފިކަށް ހުޅުވާލެވޭނެ ކަމަށެވެ. މީގެ އިތުރުން އަންނަ ހޮނިހިރު ދުވަހު ހެނދުނު 6:00 އިން ފެށިގެން އަމީނީމަގުގެ ސެގްމަންޓް 12 […]

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެތީ ސަމާލުވާން އެދިއްޖެ
Raajje

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެތީ ސަމާލުވާން އެދިއްޖެ

ކުރިއަަށް އޮތް ތިން ދުވަހު ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވާނެތީ، ސަމާލުވުމަށް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އެދިއްޖެއެވެ. މެޓް އޮފީހުން މިރޭ ބުނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާނެ ކަމަށް ނިމުތު ކުރެވޭތިވެ، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ޑިސެމްބަރުމަހުގެ ފަހުކޮޅު ވެސް ރ...

ކުޅުދުއްފުށީ އެއާޕޯޓުން ދަތުރުކުރާ ދަތުރުވެރިންނަށް ''ވެށި ޓުއާ'' ދަތުރުތައް ފަށަނީ
Raajje

ކުޅުދުއްފުށީ އެއާޕޯޓުން ދަތުރުކުރާ ދަތުރުވެރިންނަށް ''ވެށި ޓުއާ'' ދަތުރުތައް ފަށަނީ

ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓުން ދަތުރުކުރާ ދަތުރުވެރިންނަށް ޚާއްޞަކޮށްގެން ”ވެށި ޓުއާ” ދަތުރުތައް އެ އަތޮޅުގައި ފަށަން ހދ. އަތޮޅު ކައުންސިލްގެ މަސައްކަތު ތާވަލުގައި ހިމަނައިފިއެވެ. ހދ. އަތޮޅު ކައުންސިލުން ނެރުނު ބަޔާނެއްގައި އެ ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް ކައުންސިލްގެ ބަޖެޓްގައި ހިމަނާފައިވާކަންކަން ހިމަނާފައިވާއިރު، އެ އަތޮޅުގެ ތަރައްޤީއަށް އެ އަތޮޅުގެ ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓުން ދަތުރުކުރާ ދަތުރުވެރިންނަށް ޚާއްޞަކޮށްގެން ”ވެށި ޓުއާ” ދަތުރުތައް ފަށަން އަތޮޅު ކައުންސިލްގެ މަސައްކަތު ތ...

ޙައްޤުނޫން މުއްސަނދިކަން ހުއްޓުވަން އަޅާނެ ފިޔަވަޅުތަކާމެދު މަޝްވަރާކޮށްފި
Raajje

ޙައްޤުނޫން މުއްސަނދިކަން ހުއްޓުވަން އަޅާނެ ފިޔަވަޅުތަކާމެދު މަޝްވަރާކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް، ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާ ބައްދަލުކުރައްވައި، ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ދެއިދާރާއިން ގުޅިގެން ކުރާން ހުރި ކަންކަމާބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. ޕީޖީ އޮފީހުން ބުނިގޮތުގައި ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ދެއިދާރާއިން ގުޅިގެން ކުރާން ހުރި ކަންކަމާބެހޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ހިންގުނު މި ބައްދަލުވުމުގައި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް މަޙްމޫދު ސަލީމާއި، ޢަލީ ސަމީރާއި އަދި ދެއިދާރާގެ އިސްވެރިން ބައިވެރިވެވަޑ...

''މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރުމަކީ ފްރީ ޓްރޭޓް އެގްރިމެންޓުގެ ދަށުން އެންމެ އިސްކަންދޭ ކަންތައް''
Raajje

''މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރުމަކީ ފްރީ ޓްރޭޓް އެގްރިމެންޓުގެ ދަށުން އެންމެ އިސްކަންދޭ ކަންތައް''

ފްރީ ޓްރޭޓް އެގްރިމެންޓުގެ ދަށުން އެންމެ އިސްކަމެއް ދޭން ބޭނުންފުޅުވާ ކަމަކީ، މަހުގެ ބާވަތްތައް ރާއްޖެއިން އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ހޯދުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޢިއްޒުގެ ދެ ކަނބަލުންނާއި އާއި ސަރުކާރު މަތީ ފަންތީގެ ވަފުދެއް މި މަހު 7 ވަނަ ދުވަހުން ފެށިގެން އަންނަނީ ޗައިނާ އަށް ފުރައްމާނަ ދަތުރުފުޅެއް ކުރައްވަމުންނެވެ. މި ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް […]

''ގުޅިގެން އެކުގައި މަސައްކަތްކޮށް ކަންކަން ތަންފީޒުކުރުމަށް އަމާޒުހިފުމަކީ ރާއްޖޭގެ ތަރައްޤީގެ ތަސައްވުރު''
Raajje

''ގުޅިގެން އެކުގައި މަސައްކަތްކޮށް ކަންކަން ތަންފީޒުކުރުމަށް އަމާޒުހިފުމަކީ ރާއްޖޭގެ ތަރައްޤީގެ ތަސައްވުރު''

ގުޅިގެން އެކުގައި މަސައްކަތްކޮށް ކަންކަން ތަންފީޒުކުރުމަށް އަމާޒުހިފުމަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ ތަސައްވުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަންމާނަ ދަތުރުފުޅުގައި އެ ޤައުމުގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި މިއަދު ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީގެ ތަސައ...

އާޒިމާއާއި ގުޅުން ހުރި މައްސަލައެއް ރަޖިސްޓަރީ ކުރެވިފައެއް ނެތް: ސިވިލް ކޯޓު
Raajje

އާޒިމާއާއި ގުޅުން ހުރި މައްސަލައެއް ރަޖިސްޓަރީ ކުރެވިފައެއް ނެތް: ސިވިލް ކޯޓު

ކުރީގެ ބަންޑާނައިބު އައިޝަތު އާޒިމާ ޝަކޫރު އާއި ގުޅުން ހުރި މައްސަލައެއް އެ ކޯޓުގައި ރަޖިސްޓަރީ ކުރެވިފައި ނެތް ކަމަށް ސިވިލް ކޯޓުން ބުނެފިއެވެ. އެ ކޯޓުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޮންލައިން ނޫހެއްގައި، ރިއަލް އެސްޓޭޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދަޢުވާކޮށް އެ ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޚަބަރެއް ޝާޢިއުކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން މި މަހު 9 ދުވަހަށް އެ މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުމެއް […]

ބަދަލުތަކާއެކު އެކަޑަމިކް ކަލަންޑަރު އާންމުކޮށްފި
Raajje

ބަދަލުތަކާއެކު އެކަޑަމިކް ކަލަންޑަރު އާންމުކޮށްފި

ބަދަލުތަކާއެކު ދިރާސީ އަހަރު (2023-2024)ގެ އެކަޑަމިކް ކަލަންޑަރު އަދި 2024 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރު ތައުލީމާބެހޭ ވުޒާރާއިން މިއަދު އާންމުކޮށްފިއެވެ. ތައުލީމާބެހޭ ވުޒާރާއިން މިއަދު އާންމުކުރި (2023-2024)ގެ އެކަޑަމިކް ކަލަންޑަރުގައިވާގޮތުން އިއްޔެ ފެށި ދެވަނަ ޓާމްގެ މިޑްޓާމް ބްރޭކްގެ ކުރިން ކިޔަވާ އެންމެ ފަހު ދުވަހަކީ މި އަހަރުގެ މާރިޗް މަހުގެ 28 ވަނަ ދުވަހެވެ. މިޑްޓާމް ބްރޭކަކީ މި އަހަރުގެ 31 މާރިޗުން އޭޕްރިލް 4 އަށެވެ. ރޯދަމަހުގެ ފަހު 10 ބަންދު ދުވަސްތަކެއް […]

ކޭލަކުނުގައި އިކޯ ޓޫރިޒަމް ތަރައްގީކުރަން ނިންމައިފި
International

ކޭލަކުނުގައި އިކޯ ޓޫރިޒަމް ތަރައްގީކުރަން ނިންމައިފި

ކޭލަކުނުގައި އިކޯ ޓޫރިޒަމް ތަރައްގީކުރަން ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އިއްޔެ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބުދުﷲ ނާޒިމް އިބްރާހިމް އެވެ. އާދީއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ނިންމުންތައް މީޑިއާ އާއި ހިއްސާކުރުމަށް ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވެފައި ވަނީ، ހދ. ކޭލަކުނު އިކޯ ޓޫރިޒަމަށް ތަރައްގީކުރުމުގެ މަސައްކަތް ފަށަން، ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކ...

ޕިކްނިކް އައިލެންޑްގެ މަސައްކަތް ނުފެށި އޮތީ ފަޅުރަށެއްގެ މިލްކުވެރިކަން ލިބިފައި ނެތުމުން: ހދ. އަތޮޅު ކައުންސިލް
Thiladhunmathi News

ޕިކްނިކް އައިލެންޑްގެ މަސައްކަތް ނުފެށި އޮތީ ފަޅުރަށެއްގެ މިލްކުވެރިކަން ލިބިފައި ނެތުމުން: ހދ. އަތޮޅު ކައުންސިލް

ހދ. އަތޮޅުގެ އެއްވެސް ފަޅެއް ވިޔަސް ފަޅުރަށެއްގެ ވެސް މިލްކުވެރިކަން އަތޮޅު ކައުންސިލަށް ލިބިފައިނުވާ ކަމަށާއި، ޤާނޫނީ ގޮތުން މިލްކުވެރިކަން ނެތް ތަނެއްގައި އިންވެސްޓެއްކުރުމަކީ މާލީގޮތުން ހިރާސް އޮތްކަމެއްކަމުން އަތޮޅުގައި ޕިކްނިކް އައިލެންޑްގެ މަސައްކަތް ނުކުރެވި އޮތީ އެހެންވެކަމަށް ހދ. އަތޮޅު ކައުންސިލުން ބުނެފިއެވެ. ހދ. އަތޮޅުކައުންސިލުން މިހެން ބުނީ ”ހދ. އަތޮޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަށް ހުށަހެޅި ހުށަހެޅުން ބޭރުކޮށްލައިފި”ކަމަށް ނޫހެއްގައި ގެނެސްދީފައިވާ ޚަބަރަކާއި ގުޅިގެން...

ކުޅުދުއްފުށީގެ ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާއި ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމެއް މިރޭ
Thiladhunmathi News

ކުޅުދުއްފުށީގެ ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާއި ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމެއް މިރޭ

ކުޅުދުއްފުށީ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާއި ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ އެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާއި ހިއްސާކުރުމަށް މިރޭ ބާއްވަނީ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށެވެ. އެހެންކަމުން މި ބައްދަލުވުމުގައި އެ ސިޓީގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެދިނުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. މި ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މިރޭ 20:30 ގައެވެ. ކުޅުދުއްފުށި ސިޓީގެ ލޭންޑް ޔޫސް ޕްލޭން […]

ރައީސްގެ ދެކަނބަލުން ޗައިނާ އަށް ވަޑައިގެންފި
Raajje

ރައީސްގެ ދެކަނބަލުން ޗައިނާ އަށް ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ޗައިނާ އަށް ވަޑައިގަންނަވައިފިއެވެ. މި ސަރުކާރާއި ޚާއްޞަ ގުޅުމެއް ބާއްވަމުން އަންނަ ޗައިނާ އަށް ރައީސް ރޭ ފެއްޓެވި ފުރަމާނަ ދަތުރުފުޅުގައި މިއަދު އެ ޤައުމަށް ވަޑައިގެންނިވިއިރު، އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވެސް ބައިވެރިވެއެވެ. ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންގްޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްކެވެ. ރައީސްގެ ދެކަނބަލުންނާއި ސަރުކާރުގެ ވަފުދު ޗައިނާއަށް ވަޑައިގަތުމުން ޗައިނާ ސަރުކާރުގެ އިސް ބޭފުޅުން...

ދިވެހި ސަފީރު އިންޑިއާގެ ޚާރިޖީ ވުޒާރާއަށް ޚާޒިރުކޮށްފި
Raajje

ދިވެހި ސަފީރު އިންޑިއާގެ ޚާރިޖީ ވުޒާރާއަށް ޚާޒިރުކޮށްފި

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބު، މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފިއެވެ. ދިވެހި ސަފީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފައި މިވަނީ އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކޮށް ރާއްޖޭގެ ތިން ނައިބު ވަޒީރަކު ހިމެނޭ ގޮތަށް ”އެކްސް”ގައި ޕޯސްޓްތަކެއްކޮށް ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައި ވަނިކޮށެވެ. ގައުމުތަކުގެ ސަފީރުން ޚާރިޖީ ވުޒާރާއަށް ހާޒިރުކުރަނީ،...

މީޑިޔާ ވިލެޖު ހުޅުމާލޭގައި އަޅަން ނިންމައިފި
Raajje

މީޑިޔާ ވިލެޖު ހުޅުމާލޭގައި އަޅަން ނިންމައިފި

ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީޑިއާތަކަށް ހާއްސަ މީޑިއާާ ވިލެޖު ހުޅުމާލޭގައި ގާއިމުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތައް ނިންމަވާފައި ވަނީ، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާކަށް މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެ ލަފަޔާއެކު އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. މީޑިޔާ ވިލެޖުގެ ނަމުގައި ހުޅުމާލޭގައި ތަނެއް ގާއިމުކުރުމަށް ނިންމަވައި، މީޑިއާ ވިލެޖްގެ އިމާރާތް އެޅުމަށ...