ކުޅުދުއްފުށީ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާއި ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ އެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާއި ހިއްސާކުރުމަށް މިރޭ ބާއްވަނީ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށެވެ.
އެހެންކަމުން މި ބައްދަލުވުމުގައި އެ ސިޓީގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެދިނުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
މި ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މިރޭ 20:30 ގައެވެ.
ކުޅުދުއްފުށި ސިޓީގެ ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާއި ހިއްސާކުރުމަށް ބާއްވާ ވަރަށް މުޙިއްމު ބައްދަލުވުމެއްގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެވަޑައިގެންދެއްވުންއެދި ދައުވަތު އަރުވަން.
ގަޑި: 08 ޖަނަވަރީ 2024 (މިރޭ) | 20:30
ތަން: އެން.އޯ.ސީ ކޮންފަރެންސް ހޯލް (ދެވަނަ… pic.twitter.com/aXk19SOHpq— Kulhudhuffushi City Council (@kfcitycouncil) January 8, 2024
ބައްދަލުވުން އޮންނާނީ ކުޅުދުއްފުށީ ސިޓީގެ އެން.އޯ.ސީ ކޮންފަރެންސް ހޯލްގެ ދެވަނަ ފަންގިފިލާގައި ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!