ސޯޝަލް ހައުސިންތަކުގެ އިންސައްތައެއް ފަތުރުވެރިކަމުގެ ދާއިރާގެ ދިވެހި މަސައްކަތްތެރިންނަށް
ސަރުކާރުން އަޅާ ސޯޝަލް ހައުސިންތަކުގެ އިންސައްތައެއް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި މަސައްކަތްތެރިންނަށް ޚާއްސަކޮށް ކަނޑައެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތައް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެލަފާ ހޯއްދެވުމަށްފަހުއެވެ. މިގޮތުން މި ކަރުދާހާމެދު މަޝްވަރާ ހިންގެވުމަށްފަހު ރައީސް ވަނީ ސ...