މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
3,003 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މާފުށީ ޖަލުގެ ގޮޅިއެއް ރިމާންޑް ޖަލެއްގެ ގޮތުގައި ކަނޑައަޅައިފި
Raajje

މާފުށީ ޖަލުގެ ގޮޅިއެއް ރިމާންޑް ޖަލެއްގެ ގޮތުގައި ކަނޑައަޅައިފި

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އިން، ކ. މާފުށީ ޖަލުގެ ޔުނިޓް 10 ގެ ވިންގ 03 ގެ ސެލް 05 (01 ޖަލުގޮޅި) އަކީ ރިމާންޑް ޖަލެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ. އެކަން އަންގައި އެ ވުޒާރާއިން ކުރި ޢިއުލާނެއްގައި ބުނީ، އާންމު ޖަލެއްގެގޮތުގައި ބޭނުންކުރަމުންއަންނަ، މާފުށީ ޖަލުގެ ޔުނިޓް 10 ގެ ވިންގ 03 ގެ ސެލް 05 (01 ޖަލުގޮޅި) އަކީ މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަނެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ […]

ސައްހަނޫން ޑޮލަރު ދައުރުވާތީ ސަމާލުވާން އެދިއްޖެ
Raajje

ސައްހަނޫން ޑޮލަރު ދައުރުވާތީ ސަމާލުވާން އެދިއްޖެ

ސައްހަ ނޫން  ޔޫއެސް ޑޮލަރުގެ ނޫޓުތަކެއް ދައުރުވާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މިހާރަކަށް އައިސް ސައްހަ ނޫން  ޔޫއެސް ޑޮލަރުގެ 100، 50 އަދި 20 ގެ ނޫޓުތަކެއް ދައުރުވަމުންދާކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން އެކަމަށް އާންމު ރައްޔިތުން މިހާރަަށް ވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ފުލުހުން ބުނިގޮތުގައި ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން އެކިތަންތަނުން ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައިވާ މ...

ޑްރަގް ވިއްކާކަމުގެ ތުހުމަތުވާ ދެ މީހަކު ޑްރަގާއެކު ހައްޔަރުކޮށްފި
Raajje

ޑްރަގް ވިއްކާކަމުގެ ތުހުމަތުވާ ދެ މީހަކު ޑްރަގާއެކު ހައްޔަރުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނިގޮތުގައި މި ދެ މީހުން ހައްޔަރުކުރީ، މަސްތުވާތަކެއްޗާއި ދެކޮޅަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ އިދާރާގެ ޑްރަގް އެންފޯސްޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖަނަވަރީ 9 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަންގައި، މާލޭ ގ...

ގަދަ ވިއްސާރައިގެ ސަބަބުން މަންތާ އެއާގެ ސީޕްލޭނެއް ކުއްލިހާލަތުގައި ޖައްސައިފި
Raajje

ގަދަ ވިއްސާރައިގެ ސަބަބުން މަންތާ އެއާގެ ސީޕްލޭނެއް ކުއްލިހާލަތުގައި ޖައްސައިފި

މަންތާ އެއާގެ ސީޕްލޭނެއް، މޫސުން ގޯސްވުމުގެ ސަބަބުން ލޭންޑް ނުކުރެވި ކުއްލިހާލަތުގައި ޖައްސައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މަންތާގެ މި ސީޕްލޭނަކީ 13 ފަސެންޖަރުންނާއި ތިން ކުރޫންނާއެކު ދަތުރުކުރި ސީޕްލޭނެކެވެ. މި ސީޕްލޭން ޖައްސަން އުޅުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން މި ސީޕްލޭނަށް ވީއައިއޭ އަށް ޖެއްސޭގޮތް ނުވީއެވެ. އެހެންވެ މި ސީޕްލޭން ކުއްލި ހާލަތުގައި ކ. ހެލެގެލި ރިސޯޓަށް ކައިރިއަށް ކުއްލިހާލަތު (އިމަޖެންސީ)ގައި ޖެއްސީއެވެ. ކުއްލި...

ރައީސްގެ ދަތުރުފުޅާއެކު ރާއްޖެ-ޗައިނާ ގުޅުމުގެ އައު ބާބެއް ފެށިއްޖެ: ރައީސް ޝީ
Raajje

ރައީސްގެ ދަތުރުފުޅާއެކު ރާއްޖެ-ޗައިނާ ގުޅުމުގެ އައު ބާބެއް ފެށިއްޖެ: ރައީސް ޝީ

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަންމާނަ ދަތުރުފުޅާއެކު ޗައިނާ އާއި ދިވެހިރާއްޖޭގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުމުގެ އައު ބާބެއް ފެށިގެންދާނެ ކަމަކަށް ޔަޤީންކުރައްވާކަމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ. ރައީސް ޝީ މިހެން ވިދާޅުވީ، މިއަދު ރާއްޖެ-ޗައިނާ ދެ ޤައުމުގެ ދެމެދުގައި ކުރިއަށް ގެންދިޔަ ރަސްމީވާހަކަތަކުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ޗައިނާގެ ވެރިރަށް ބެއިޖިން ގެ ގްރޭޓް ހޯލް އޮފް ޕީޕަލް ކުރިއަށް ގެން...

ރާއްޖެ-ޗައިނާ، ރަސްމީ ވާހަކަތައް ބާއްވައިފި
Raajje

ރާއްޖެ-ޗައިނާ، ރަސްމީ ވާހަކަތައް ބާއްވައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަންމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް މިއަދު ބާއްވައިފިއެވެ. މި ވާހަކަތައް ބާއްވާފައި ވަނީ ޗައިނާގެ ވެރިރަށް ބެއިޖިން ގެ ގްރޭޓް ހޯލް އޮފް ޕީޕަލް ގައެވެ. ރައީސް މުޢިއްޒު އާއި ރައީސް ޝީ ގެ ބައިވެރިވެވަަޑައިގަތުމާއެކު ކުރިއަށް ގެންދިޔަ މި ރަސްމީ ވާހަކަތަކުގައި ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމުގެ އުއްމީދު އައުކުރެއްވިކަމަށް ރައީސް އޮފީހުން […]

މާލޭގައި ފެން ބޮޑުވާތީ ފެން ހިންދަން ސިފައިން ނުކުމެއްޖެ
Raajje

މާލޭގައި ފެން ބޮޑުވާތީ ފެން ހިންދަން ސިފައިން ނުކުމެއްޖެ

މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވާތީ ފެންހިންދުމުގެ މަސައްކަތަށް ސިފައިން ނުކުމެއްޖެއެވެ. އެމްއެންޑީއެފުން ބުނީ، މާލެއަށް ބޯކޮށް ވާރޭ ވެހޭތީ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރަމުން އަންނަ ކަމަށެވެ. މިހާރު މާލެއަށް ވެހެމުންދާ ބޯ ވާރޭގައި މި ހާތަނަށް ތިން ގެއަކަށް ފެންވަންނަމުންދާކަމަށް ރިޕޯޓުކުރުމުން އެ ގޭތަކަށް ފެން ވަނުމުން ސަލާމަތްކޮށް ދިނުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ސިފައިން ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެއެވެ. ”މާލެއަށް...

ދައުރު ވަނީ މިދިޔަ އަހަރު ބުރިޖު މަތީގައި ހިނގި ހާދިސާއެއްގެ ވީޑިއޯއެއް: ފުލުހުން
Raajje

ދައުރު ވަނީ މިދިޔަ އަހަރު ބުރިޖު މަތީގައި ހިނގި ހާދިސާއެއްގެ ވީޑިއޯއެއް: ފުލުހުން

މީސްމީޑިއާގައި މިއަދު ދައުރު ކުރަމުން ދަނީ މިދިޔަ އަހަރު ބުރިޖު މަތީގައި ހިނގި ހާދިސާއެއްގެ ވީޑިއޯއެއް ކަމަށް ފުލުހުން ބުނެފިއެވެ. ”އެކްސް”ގައި ބައެއް ފަރާތްތަކުން މިއަދު ބުރިޖުމަތީގައި ހިނގި ހާދިސާއެއްކަމަށް ބުނެ ކާރެއްގައި ރޯވެގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ދަނީ ދައުރު ކުރަމުންނެވެ. އެ ވީޑިއޯއާއި ގުޅިގެން ފުލުހުން މިއަދު ބުނީ، 3 ޖޫން 2023 ގައި ބުރިޖުމަތީގައި ހިނގާފައިވާ އެކްސިޑެންޓެއްގެ ވީޑިއޯއެއް ދައުރުވަމުން އަންނަ ކަމަށެވެ. މިދިޔަ އަހަރު ޖޫން 3 ވަނަ ދުވަހު […]

ރައީސްގެ ދެކަނބަލުންނަށް ޗައިނާގެ ރައީސްގެ ދެކަނބަލުން ހޫނު މަރުޙަބާއެއް
Raajje

ރައީސްގެ ދެކަނބަލުންނަށް ޗައިނާގެ ރައީސްގެ ދެކަނބަލުން ހޫނު މަރުޙަބާއެއް

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުންނަށް  ޗައިނާގެ ރައީސް ޝީ ޖިންގްޕިންގެ ދެކަނބަލުން ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ. މި މަހު 7 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ޗައިނާ އަށް ފެއްޓެވި މި ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް ޝީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ އެ ގައުމުގެ ފޫޖޯ އަށެވެ. އަދި އެރަށުގައި އޮތް އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ރައީސް ވަނީ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން […]

އަޅުގަނޑާއި ދަރިފުޅު ވެސް ''ކުރުސީ''އާ އެއްވެސް ގުޅުމެއް ނެތް: ނަޝީދު
Raajje

އަޅުގަނޑާއި ދަރިފުޅު ވެސް ''ކުރުސީ''އާ އެއްވެސް ގުޅުމެއް ނެތް: ނަޝީދު

އެކްސްގައި ބޭނުން ކުރަމުން އަންނަ ”ހަސަން ކުރުސީ” އެކައުންޓާއި އެމަނިކުފާނާއި އަދި އެމަނިކުފާނުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު އާއި އެއްވެސް ގުޅުމެއް ނެތްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. 12 ޑިސެމްބަރު 2023 ގައި ސިޔާސީ މަަސައްކަތާއި ފެޔަށް ޖެހިވަޑައިގެންފައިވާކަން ޢިއުލާންކުރައްވައިގެން ހުންނެވި ކުރީގެ މަޖިލީހުގެ ރައީސްކަމާއި، އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާފައި ނަޝީދު މިހެން ވިދާޅުވީ ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. ސިޔާސީ މަަސައްކަތާއި ފެޔަށް ޖެހިވަޑަ...

ސައޫދީ ހައްޖު ވަޒީރާއި ޝަހީމްގެ ޚާއްޞަ ބައްދަލުވުމެއް
Raajje

ސައޫދީ ހައްޖު ވަޒީރާއި ޝަހީމްގެ ޚާއްޞަ ބައްދަލުވުމެއް

ރާއްޖޭގެ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާ އާ ޚާއްޞަ ބައްދަލުވުމެއް ކުރިއަށް ގެންދަވައިފިއެވެ. އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން މައުލޫމާތު ދިންގޮތުގައި މި ބައްދަލުވުމުގައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހި ޢުމްރާވެރިންނާއި ޙައްޖުވެރިންނަށް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތުގެ އަގުވަންކޮށްފައެވެ. މިގޮތުން މިކަމުގެ އަގުވަޒަންކޮށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާގ...

މަޖިލީހުގެ އިންތިޚާބު މާރިޗް 17 ގައި
Raajje

މަޖިލީހުގެ އިންތިޚާބު މާރިޗް 17 ގައި

އަންނަ މަޖިލީހުގެ އިންތިޚާބު މިއަހަރުގެ މާރިޗް 17 ގައި ބާއްވަން ނިންމައިފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މާރިޗް 17 ގައި ބާއްވަން ނިންމާފައިވާ ކަަމަށެވެ. މީލާދީ ކަލަންޑަރު ބުނާގޮތުން މާރިޗް 17 ދިމާވަނީ ރޯދަމަހުގެ ތެރެއަށެވެ. އެ ކަލަންޑަރުގައިވާ ގޮތުން އީސީގެ މި ނިންމުމާއެކު މަޖިލިސް އިންތިޚާބުގެ ވޯޓު ނެގުން އޮންނާނީ ރޯދަ މަހުގެ 7 ވަނަ ރޯދަ ދުވަހުއެވެ. […]

ޖުވެނައިލް ކޯޓުގެ ވެބްސައިޓު ހެކްކޮށް އިންޒާރު ދީފި
Raajje

ޖުވެނައިލް ކޯޓުގެ ވެބްސައިޓު ހެކްކޮށް އިންޒާރު ދީފި

ޖުވެނައިލް ކޯޓުގެ ވެބްސައިޓު ހެކްކޮށް އިންޒާރު ދީފިއެވެ. ޖުވެނައިލް ކޯޓުގެ ވެބްސައިޓު ހެކްކޮށް އެ ވެބްސައިޓް މައި ފޮޓޯ އަކަށް ލާފައި ވަނީ އިންޑިއާގެ ދިދައެކެވެ. ދިދައިގެ ތިރީގައި “އަހަރެމެންނަކީ ބާރަތިޔާ ހެކަރުން” ކަމަށް ލިޔެފަވެއެވެ. އެ ވެބްސައިޓް ހެކްކުރުމަށްފަހު އިނގިރޭސިބަހުން ލިޔެފައިވާ ގޮތުގައި އެ ވެބްސައިޓް ހެކްކުރީ ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އިންޑިއާއަށް އަމާޒުކޮށް ބަދު ބަސް ރައްދުކޮށް މަލާމާތްކޮށް ފުރައްސާރަ ކުރުމުންނެވެ. ހެކަރުން ވަނީ ސަރުކާރުގެ ތިން ނައިބު ވަޒީރެއްގެ ނަން...

މެރިކަލްޗަރ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

މެރިކަލްޗަރ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން އަސާސީ މެރިކަލްޗަރ ކޯހެއް ހިންގައިން ނިންމައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން މިއަދު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ މިދާއިރާއިން މީހުން ބިނާ ކުރުމުގެ މަޤްސަދުގައި ސަރުކާރުން ކުރިއަށް ގެންދަންނިންމާފައިވާ ޕްރޮގްރާމެކެވެ. ރައީސް ޑރ. މުޢިއްޒުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމެނޭ މި ޕްރޮގްރާމްގެ ދަށުން މެރިކަލްޗަރ ކޯހެއް ކުރިއަށް ގެންދަނީ މަސްވެރިކަމާއި ކަ...

އިހަވަންދިއްޕޮޅު ހިމެނޭހެން ބޮޑެތި މަޝްރޫޢޫ ތަކަކަށް އިންވެސްޓަރުން ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށްފި
Thiladhunmathi News

އިހަވަންދިއްޕޮޅު ހިމެނޭހެން ބޮޑެތި މަޝްރޫޢޫ ތަކަކަށް އިންވެސްޓަރުން ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށްފި

އިހަވަންދިއްޕޮޅު މަޝްރޫޢު ހިމެނޭހެން ބޮޑެތި ބައެއް މަޝްރޫޢޫތަކަށް އިންވެސްޓަރުން ހޯދުމުގެ ޝައުގުވެރިކަން ރާއްޖެއިން ފާޅުކޮށްފިއެވެ. ރާއްޖެއިން މި ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ޗައިނާގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި އިއްޔެ ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައެވެ. މި ފޯރަމުގައި ވަނީ ރާއްޖޭގައި މިހާރު ވެސް އިންވެސްޓުކޮށްފައިވާ ޗައިނާގެ ކުންފުނިތަކާއި އެ ޤައުމުގައި އިންވެސްޓުކުރާ އެޤައުމުގެ އިންވެސްޓަރުން ހިމެނޭހެން ބޮޑެތި އިންވެސްޓަރުން ބައިވެ...