ފެނަކައިން އަނގޮޅިތީމުގައި ރައްކާތެރިކަމާއި އެކު ކަރަންޓް ބޭނުންކުރާނެގޮތް ދަސްދޭ ތަމްރީނެއް
ފެނަކަ ކޯޕަރޭޝަން (ފެނަކަ) އިން ރ. އަނގޮޅިތީމުގައި ރައްކާތެރިކަމާއި އެކު ކަރަންޓް ބޭނުންކުރާނެގޮތް ދަސްދޭ ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ. ފެނަކައިން ބުނިގޮތުގައި މި ތަމްރީން ޕްރޮގްރާމަކީ އަނގޮޅިތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކޮށްގެން އެ ކުންފުނީގެ އަނގޮޅިތީމު ބްރާންޗުން ހިންގި ތަމްރީނެއް ކަމަށެވެ. މި ތަމްރީން ހާއްސަކޮށްފައި ވަނީ އަނގޮޅިތީމުގެ އަންހެން ބޭފުޅުންނަށެވެ. އަންހެން ބޭފުޅުންނަށް ޚާއްސަ ކުރެވިގެން، ރ. އަނގޮޅިތީމު އ.ތ.މ ކޮމެޓީން އިންތިޒާމު ކުރެއްވި...