އަވަށްޓެރި ސްރީ ލަންކާގެ އައު ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އުވާލައްވައިފިއެވެ.

އެކަން ލަންކާގެ ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. އެ އޮފީހުން ބުނިގޮގުތުގައި މިރޭ މެންދަމު 12 އިން ފެށިގެން މަޖިލިސް އުވޭ ގޮތަށް ކަނޑައަޅުއްވައި އެކަމުގެ ލިޔުމުގައި ރައީސް އަނޫރާ ވަނީ ސޮއިކުރައްވައިފަ އެވެ.

Ad
rt

ލަންކާގެ ޤާނޫނު ހަދާ މަޖިލީސް އުވާލިއިރު، އައު މަޖިލިސް އަށް މެންބަރުން އިންތިޚާބު ކުރުމަށް އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ހުޅުވާލަން ވަނީ ނިންމާފައެވެ.

އައު މަޖިލިސްގެ އިންތިޚާބު ބާއްވަން ނިންމާފައިވަނީ އަންނަ ނޮވެމްބަރު 14 ގަ އެވެ.

ލަންކާގެ ޤާނޫނު ހަދާ މަޖިލީސް އުވާލައި، އަވަސް އިންތިހާބެއް ބާއްވުމަކީ ލަންކާގެ އައު ރައީސްގެ ކެމްޕޭން ވައުދެކެވެ.

21 ސެޕްޓެމްބަރު ވީ ހޮނިހިރު ދުވަހު އޮތް ލަންކާގެ ރިޔާސީ އިންތިޚާބު "ނެޝަނަލް ޕީޕަލްސް ޕަވާ" (އެންޕީޕީ) ކޯލިޝަންގެ ކެންޑިޑޭޓްގެ ގޮތުގައި އަނޫރާ ކާމިޔާބު ކުރެއްވީ ދެވަނަ ފަހަރަށް ގުނި ވޯޓުން 55 އިންސައްތައަށްވުރެ މަތި ހޯއްދަވައިގެންނެވެ.