2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ހުރިހާ މާނައެއްގައި ވެސް ތަރައްޤީވެފައިވާ، ތަރައްޤީގެ އެންމެ މަތީ ހަރުފަތްތަކުގައިވާ ޤައުމެއްކަމުގައި ވުމަކީ އެމަނިކުފާނުގެ ތަސައްވުރުކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ.

ރައީސް މިފަދައިން ގޮވައިލެއްވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ތަޤްރީރު ކުރަށްވަމުންނެވެ.

Ad
rt

އެ ތަޤްރީރުގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ދިވެހިރާއްޖޭގެ ކުރިމަގަށް ކުރައްވާ ތަޞައްވުރަކީ 2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ހުރިހާ މާނައެއްގައި ފުރިހަމައަށް ތަރައްޤީވެފައިވާ، ތަރައްޤީގެ އެންމެ މަތީ ހަރުފަތްތަކުގައިވާ ޤައުމެއްގެ ގޮތުގައި ފެނިގެންދިއުން ކަމަށެވެ. އަދި އެއީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމަށް ވެސް ވިދާޅުވިއެވެ.

މި ތަޞައްވުރަށް ވާޞިލްވުމަށްޓަކައި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އިތުރުން ޤައުމުގެ ޤުދުރަތީ ރީތިކަމާއި ކަނޑުފަޅުގެ މުއްސަނދިކަމުގެ ބޭނުންހިފަންޖެހޭ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކަށް ޖަވާބުދާރީ ކުރުވަންޖެހޭ: ރައީސް

ރައީސް ވިދާޅުވީ، މި ތަޞައްވުރު ހާސިލްކުޅައުމުގެ ގޮތުން ޤައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި، މުއައްސަސާތަކަށް އިޞްލާޙީ ބަދަލުތައް ގެނެސް، ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކޮށް، އައި.ސީ.ޓީގެ ވިއުގައާއި ޑިޖިޓަލް ލިޓަރަސީ އިތުރަށް ހަރުދަނާކުރެއްވުމަށް ވަނީ ރާއްވަވާފައެވެ.

މިގޮތުން ޑިޖިޓަލް އިޤްތިސާދަކީ 2030 ވަނަ އަހަރު ދިވެހިރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ހިއްސާކުރާ ބަޔަކަށް ހެދުމަކީ ޢަޒުމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި އާ ޞިނާޢަތްތައް ކުރިއެރުވައި ހަރުދަނާ މާލީ ދާއިރާއެއް ބިނާކުރުމަށާއި އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ބޭންކެއް އުފައްދަވާފައިވާކަމަށާއި، ދައުލަތުގެ މަޤާމުތަކުގައި އަންހެނުން ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށާއި، އަދި ޒުވާނުންގެ ބޭނުންތައް ސީދާ ދެނެގަތުމަށްޓަކައި އުފެއްދެވި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ މަޢުލޫމާތުވެސް ރައީސްގެ ތަގްރީރުގައި ހިއްޞާކުރެއްވިއެވެ.