ޑްރަގް އެތެރެކުރި މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދިއްޖެ
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދެ ދިވެހިންނާއި، ޕާކިސްތާނުގެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި, ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މި މައްސަލާގައި ހިމެނޭ ތިން މީހުންނަކީ މިއަހަރުގެ ޖުލައި 24 ވަނަ ދުވަހުގެ ފަތިހު 5:10...