ޖަޕާން އިންޓަރނޭޝަނަލް ކޯޕްރޭޝަން އޭޖެންސީ (ޖައިކާ)ގެ އެގްރިކަލްޗަރ ސްޓަޑީޒް ނެޓްވޯކް ފޮރ ފުޑް އެންޑް ސެކުރިޓީ 2025ގެ ދަށުން ދަނޑުވެރިކަމުގެ ދާއިރާއިން ޖަޕާނުން މަތީ ތައުލީމަށް ކިޔެވުމުގެ ސްކޮލަރޝިޕް ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލި މި ފުރުސަތަކީ، ދަނޑުވެރިކަމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ހާޞިލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.

Ad
rt

މި ސްކޮލަޝިޕްގެ ދަށުން މާސްޓަރސް ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާޞިލުކޮއްފައިވުމާއެކު 1 އޭޕްރީލް 2025ގެ ނިޔަލަށް އުމުރުން 35 ފުރިފައި ނުވުން ހިމެނެއެވެ.

ޕީއެޗްޑީ ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާޞިލުކޮއްފައިވުމާއެކު އޭޕްރީލް 2025ގެ ނިޔަލަށް އުމުރުން 40 ފުރިފައި ނުވުން ހިމެނެއެވެ.

މި ސްކޮލަރޝިޕަށް ހުޅަހެޅުމުގެ ސުންގަނޑިއަކީ 26 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ.

މި ސްކޮލަރޝިޕް ފުރުސަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ 1474 އަށް ގުޅައިގެން ނުވަތަ schol@mohe.gov.mv އަށް އީ-މެއިލް ކޮށްގެން އެކަމެއް ސާފުކުރެވޭނެއެވެ.

އިތުރު މައޫލޫމާތު ދެނެގަތުމަށް މަތީ ތަޢުލީމާބެހޭ ވުޒާރާގެ ޢިއުލާން ބެއްލެވުމަށް ކްލިކްކޮށްލަށްވާ: ޢިއުލާން