މާފުށި ޖަލުގައި ހުރި ގައިދީއަކު މަރުވި މައްސަލަ ފުލުހުން ގަހްގީގުކުރަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މާފުށި ޖަލުގައި ހުރި ގައިދީއަކު ރޭ ދަންވަރު މަރުވި މައްސަލަ ގަހްގީގުކުރަމުން އަންނަ ކަމަށެވެ.

Ad
rt

އެމީހާ އަކީ އުމުރުން 62 އަހަރުގެ ދިވެއްސަކު ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަލުގައި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 15 އަހަރުގެ އަންހެންކުއްޖަކާ އެކު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

އޭނާ މަރުވެފައި ވަނީ ދަންޖެހިގެން ކަމަށް ވެސް އަޑުތައް ވަނީ އަރާފައެވެ. ނަމަވެސް ފުލުހުން އަދި އެކަން ކަށަވަރެއް ނުކޮށްދެއެވެ.

ރަހީނު ކުރި މައްސަލައެއްގައި ދާދިފަހުން ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ވެސް ދަންޖެހި މަރުވެފައި ވެއެވެ.