އޯއައިސީގެ އެސްޖީ ރައީސް މުޢިއްޒު އާއި ބައްދަލުކުރަށްވައިފި
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލް، ހިސެން ބްރާހިމް ޠާހާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މިއަދު މެންދުރު ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ އޯ.އައި.ސީއިން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ޖަމްޢިއްޔާގެ ހަރުދަނާ ލީޑަރޝިޕަށްވެސް ތަޢުރީފު ކުރައްވާފައިވެއެވެ. އޯ.އައި.ސީގެ ސެކްރެޓަރީ ޖެނެރަލް ހިސެން ބްރާހިމް ޠާހާ...