ޣައްޒާގެ ބިންތައް ފޭރިގަނެ ވެރިވެގަތުމުގެ ޕްލޭނެއް އިސްރާއީލުން ފާސްކޮށްފި
ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ޣައްޒާ ސްޓްރިޕްއަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށް، ޣައްޒާގެ ބިންތައް ފޭރި ވެރިވެގަތުމުގެ ޕްލޭނެއް އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން މިއަދު ފާސްކޮށްފިއެވެ. އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން މި ޕްލޭން ފާސްކޮށްފައި ވަނީ އިއްތިފާގުންނެވެ. އިސްރާއީލްގެ ބޮޑުވަޒީރު ޖައްބާރު ބެންޖަމިން ނެތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނަކާއި ހަވާލާދީ ބައިނަލްއަގްވާމީ ނޫސްތަކުގައި ބުނެފައިވަނީ އިސްރާއީލްގެ ސެކިއުރިޓީ ކެބިނެޓުން ފާސްކޮށްފައިވަނީ “ހަމާސް ބަލިކޮށް” އަދި ޣައް...