ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުންދަނިކޮށް އެ ކުއްޖާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 8:30 އެހައިކަށްހާއިރުކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން 12:26 ހާއިރު މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ބުނީ އެކުއްޖާ ފެނިފައިވާކަމަށެވެ.
އެކުއްޖާ ފެނިފައިވަނީ ހުޅުމާލެ ފޭސް 1 އިން ކަމަށާއި، ކުއްޖާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ކުއްޖާ އަކީ ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރު 8 އިން ސްކޫލަށް ދިޔަ ކުއްޖެކެވެ. އެ ކުއްޖާ ސްކޫލަށް ނުވަންނަކަން ކަށަވަރުވެގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެޑިޔުކޭޝަން މިނިސްޓްރީއާއި ސްކޫލް ގުޅިގެން ވަނީ ކޮށްފައެވެ.
އެ ކުއްޖާ މިހާރު ފެނިފައި ވިޔަސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!