''ކޮންމެ ނޭދެވޭ ކަމަކުން ހުރިހާ ކުޑަކުދިން ދުރުހެލި ކުރުމަށް މިއަދު އަޒުމް ކަނޑައަޅަންޖެހޭ''
ކޮންމެ ނޭދެވޭ ކަމަކުން ދިވެހިރާއްޖޭގެ ހުރިހާ ކުޑަކުދިން ދުރުހެލިކުރުމަށް މިއަދު އަޒުމު ކަނޑައަޅަންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރެވޭ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި އަކީ ކުޑަކުދިންނެވެ. އަދި މި ކުދިންނަކީ ޤައުމުގެ މުސްތަޤުބަލް ކަމަށާއި، އެ ކުދިން ހަރުދަނާ ޖީލެއ...