ނޯތް މެސެޑޯނިއާ ފުރަތަމަ ފަހަރައް ބޮޑު މުބާރާތަކަށް
ޔޫރޯ 2020 ކޮލިފިކޭޝަންސްގެ ގުރޫޕްޑީގައި ހިމެނޭ ދެ ޓީމް ކަމުގައިވާ ޖޯޖިއާ އަދި ނޯތް މެސެޑޯނިއާ ބައްދަލުކުރި މެޗް ކާމިޔާބުކޮށް ނޯތް މެސެޑޯނިއާއިން ވަނީ ޔޫރޯ 2020 ގެ ގުރޫޕް ސްޓޭޖުން ޖާގަ ކަށަވަރުކޮށްފައެވެ. މިއީ ނޯތް މެސެޑޯނިއާގެ ތާރީޚުގައި ބޮޑު މުބާރާތަކަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. ޖޯޖިއާ އަދި ނޯތް މެސެޑޯނިއާ ބައްދަލުކުރި މެޗް ނޯތް މެސެޑޯނިއާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. 2019 ވަނަ އަހަރާއި ހަމައަށް މެސެޑޯނިއާގެ ނަމުގައި އޮތް ދުނިޔޭގެ ފުޓުބޯޅަ […]