ޔޫރޯ 2020 ކޮލިފިކޭޝަންސްގެ ގުރޫޕްޑީގައި ހިމެނޭ ދެ ޓީމް ކަމުގައިވާ ޖޯޖިއާ އަދި ނޯތް މެސެޑޯނިއާ ބައްދަލުކުރި މެޗް ކާމިޔާބުކޮށް ނޯތް މެސެޑޯނިއާއިން ވަނީ ޔޫރޯ 2020 ގެ ގުރޫޕް ސްޓޭޖުން ޖާގަ ކަށަވަރުކޮށްފައެވެ. މިއީ ނޯތް މެސެޑޯނިއާގެ ތާރީޚުގައި ބޮޑު މުބާރާތަކަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
ޖޯޖިއާ އަދި ނޯތް މެސެޑޯނިއާ ބައްދަލުކުރި މެޗް ނޯތް މެސެޑޯނިއާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. 2019 ވަނަ އަހަރާއި ހަމައަށް މެސެޑޯނިއާގެ ނަމުގައި އޮތް ދުނިޔޭގެ ފުޓުބޯޅަ ރޭންކިންގެ 65 ވަނައިގައި ވާ ނޯތް މެސެޑޯނިއާއިން ޔޫރޯ 2020 ށް ކޮލިފައިވި ތާރީޚީ ގޯލް މެޗްގެ 65 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ނެސްޓްރޯވސްކީ ތަނަވަސް ކޮށްދިން ފުރުސަތަކުން އުމުރުން 37 އަހަރުގެ ޕަންޑޭވްއެވެ.
ޕެނެލްޓީ ޖަހައިގެން ސާބިއާ ބަލިކޮށް ސްކޮޓްލެންޑްވެސް ވަނީ ޔޫރޯ 2020 ށް ކޮލިފައިވެފައެވެ. ސްކޮޓްލެންޑްއިންވެސް ޔޫރޯ 2020 ން ޖާގަ މިހޯދީ ސްކޮޓްލެންޑްގެ ފިރިހެން ޤައުމީ ފުޓުބޯޅަ ޓީމެއް ބޮޑު މުބާރާތެއްގައި ވާދަ ނުކުރާތާ ތޭވީސް އަހަރުގެ ފަހުންނެވެ. ބޮޑު މުބާރާތުން އެންމެ ފަހުން ސްކޮޓްލެންޑްގެ ފިރިހެން ޓީމް ފެނިގެން ގޮސްފައިވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ.
މެޗުގެ ފަހު މިނިޓާއި ހަމައަށްވެސް ކްރިސްޓީ 52 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިން ގޯލާއިއެކު ސްކޮޓްލެންޑް ކުރީގައި އޮތް ނަމަވެސް މެޗުގެ ފަހު މިނިތްގައި ޖޮވިޗް ވަނީ ޖޯޖިއާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ން ދެޓީމް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނެލްޓީ ޖަހައިގެންނެވެ. ސްކޮޓްލެންޑްއިން މެޗް ކާމިޔާބުކުރީ ޕެނެލްޓީގައި 5-4 ން ކުރި ހޯދައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!