މެންޗެސްޓަރ ޔުނައިޓެޑް އަދި ޗެލްސީ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސްލީގުގެ ގުރޫޕް ސްޓޭޖްގައި ކުޅުނު މެޗުތައް ތަފާތު ބޮޑުކޮށް ކާމިޔާބުކޮށްފިއެވެ.
ޔުނައިޓެޑްގެ އޮލްޓްރެފޮޑްގައި ގުރޫޕް އެޗްގައި މެންޗެސްޓްރ ޔުނައިޓެޑް އަދި އާރްބީ ލެއިޕްޒިގް ބައްދަލުކުރި މެޗް ޔުނައިޓެދް ކާމިޔާބުކުރީ ފަސޭހަކަމާއިއެކު 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މެޗުގައި އިންގްލަންޑްގެ ފޯވަޑް މާކަސް ރަޝްފޯޑް ފަހުހާފްގައި ކުޅެން ނުކުމެ 16 މިނިޓް ތެރޭގައި ވަނީ ހެޓްރިކް ހަދާފައެވެ. އެގޮތުން ރަޝްފޯޑްގެ ފުރަތަމަ ގޯލް 74 ވަނަ މިނެޓްގައި ފެނިގެންދިޔައިރު ދެވަނަ ގޯލް އޭގެ ހަތަރުމިނެޓް ފަހުން ފެނިގެންދިޔަ އެވެ. ރަޝްފޯޑްގެ ފަހުގޯލް ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތުގައެވެ.
ޔުނައިޓެޑްގެ ފުރަތަމަ ގޯލް 21 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޔުނައިޓެޑްގެ ޒުވާން ފޯވަޑް މޭސަން ގްރީންވުޑްއެވެ. ލެއިޕްޒިގް ކޮޅަށް ގްރީންވޫޑް ކާމިޔާބުކުރި ގޯލަކީ އެނާ ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. ގްރީންވުޑް ގެ ގޯލަށްފަހު ދެންފެނިގެން ދިޔައީ މާކަސް ރަޝްފޮޑްގެ ހެޓްރިކެވެ. ރަޝްފޮޑް އަދި ގްރީންވުޑްގެ އިތުރުން ފްރާންސްގެ ފޯވަޑް ވަނީ ޔުނައިޓެޑްގެ ލަނޑު ލިސްޓުްނ ޖާގަ ހޯދާފައެވެ. މާޝިއަލްގެ ގޯލަލީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށްވެފައި ވަނިކޮށް ޔުނައިޓެޑަށް ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ.
ޔުނައިޓެޑް އަދި ލެއިޕްޒިގް އިތުރުން ގުރޫޕް އެޗްގައި ހިމެނޭ ޕީއެސްޖީ އަދި އިސްތަންބުލް ބަސަކްސެހިރް ބައްދަލުކުރި މެޗް 2-0ގެ ނަތިޖާއަކުން ކާމިޔާބުކުރީ އެންމެ ފަހުގެ ޗެމްޕިއަންސް ލީގު ރަނާއަޕް ޓީމް ކަމުގައިވާ ޕީއެސްޖީންނެވެ. ޕީއެސްޖީން މެޗް ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ދެގޯލްވެސް ކާމިޔާބުކޮށްދިނީ އެވަޓަންއިން ލޯނެއްގެ ދަށުން ޕީއެސްޖީއަށް ކުޅެމުން އަންނަ މޮއިސް ކީންއެވެ. މެޗުގެ ފުރަތަމަ ހާފްގައި ބްރެޒިލްގެ ތަރި ނޭމާ ވަނީ އަނިޔާގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުތަކަށްފަހު ގުރޫޕް އެޗްގައި ހިމެނޭ ކޮންމެ ޓީމެއްވެސް ދެ މެޗް ކުޅެފައިވާއިރު މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު 2 މެޗުން މޮޅުވެ 6 ޕޮއިންޓާއިއެކު އެއްވަނައިގައި އޮތްއިރު ޕީއެސްޖީ އަދި އާރްބީ ލެއިޕްޒިގްއަށް ތިން ޕޮއިންޓް ލިބިފައިވާއިރު ގޯލްގެ ތަފާތުން ޕީއެސްޖީ އޮތީ ދެވަނައިގަ އެވެ. އަދި އާރްބީ ލެއިޕްޒިގް އޮތި ތިންވަނައިގައެވެ. ގުރޫޕްގެ ފުލުގައި އިސްތަންބުލް ބަސަކްސެހިރް އޮތީ ކުޅުނު ދެމެޗުންވެސް ބަލިވެ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.
ގުރޫޕް އީގައި އިނގިރޭސިވިލާތުގެ ޗެލްސީ އަދި ރަޝިޔާގެ ކްރަސްނޯޑަރ ބައްދަލުކުރިމެޗް ޗެލްސީން ވަނީ ފަސޭހަކަމާއިއެކު 4-0 ގެ ނަތީޖާއަކުން ކްރަސްނޯޑަރގެ މައްޗަށް ކުރި ހޯދާފައެވެ. ޗެލްސީގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ މެޗުގެ 37 ވަނަ މިނިޓްގައި ހަވާތްޒް ތަނަވަސްކޮށްދިން ފުރުސަތަކުން ހަޑްސަން އޮޑޯއިއެވެ. ޗެލްސީގެ ދެވަނަ ގޯލް 76 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީއަކުން ޓިމޯ ވާނާ ކާމިޔާބުކޮށްދިންއިރު ތިންވަނަގޯލް އޭގެ ތިން މިނިޓަފަހުން ވާނާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ޒިޔެޗްއެވެ. ޒިޔެޗްގެ ގޯލަކީ އޭނާ ޗެލސީއަށް ކާމިޔާބުކޮށްދިން ފުރަތަމަގޯލެވެ. ޗެލްސީގެ ފަހުގޯލް މެޗުގެ ފަހު މިނިޓްގައި ކާމިޔާބުކޮށްދިނީ ޓެމީ އަބްރަހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކްރިސްޓިއަން ޕުލިސިޗްއެވެ.
ގުރޫޕް އީގައި ދެން ހިމެނޭ ރޭނިސް އަދި ސެވިއްޔާ ބައްދަލުކުރިމެޗް 1-0ގެ ނަތިޖާއަކުން ކާމިޔާބުކުރީ ސެވިއްޔާއެވެ. މެޗުގެ ހަމައެކަނި ގޯލް ސެވިއްޔާއަށް ކާމިޔާބުކޮށްދިނީ މެޗުގެ 55 ވަނަ މިނިޓްގައި ޑިޖޮންގެއެވެ.
ގުރޫޕްއީގެ އެއްވަނައިގައި އޮތް ޗެލްސީ އަދި 2 ވަނައިގައިއޮތް ސެވިއްޔާއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު ޗެލްސީ ކުރީގައި އޮތީ ގޯލްގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް ކްރަސަންދަރ އަދި ގުރޫޕްގެ ފުލުގައި އޮތް ރޭނިސްއަށް ދެމެޗުން ލިބިފައިވަނީ އެއް ޕޮއިންޓްވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!