ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އަދި މެންޗެސްޓަރ ޔުނައިޓެޑް ހޮނިހިރުދވަހުގެ ރޭ ކުޅުނު މެޗްތައް ކާމިޔާބުކޮށްފިއެވެ. މެންޗެސްޓަރ ސިޓީން އާސެނަލްގެ މަށްޗަށް ކުރިހޯދިއިރު ސިޓީން ކުރިހޯދީ ނިއުކާސަލް ޔުނައިޓެޑްގެ މަށްޗަށެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުން އާސެނަލްގެ މައްޗަށް ކުރިހޯދީ 1-0ގެ ނަތީޖާއަކުންނެވެ. މެޗްގެ ހަމައެކަނި ގޯލް މެޗްގެ 23 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންގްއެވެ.
ސިޓީން އާސެނަލް ބަލިކުރިއިރު އާސެނަލްއަށް ޕްރިމިއަރ ލީގުގައި ސިޓީއާ ދެކޮޅާށް އެންމެ ފަހުން ކުޅުނު ދިހަ މެޗުންވެސް މޮޅުވެފައެއް ނުވެއެވެ. އަދި ސިޓީން އާސެނަލްގެ މައްޗަށް ހޯދި މޮޅަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކެރިއަރުގައި ހޯދި 500 ވަނަ މޮޅެވެ.

ސިޓިން އާސެނަލް ބަލިކުރި ނަމަވެސް ލީގުގައި އާސެނަ އޮތީ ސިޓީއަށްވުރެ ކުރީގައި ތާވަލްގެ ފަސްވަނައިގައެވެ. އާސެނަލް ފަސް ވަނައިގައި އޮތީ ކުޅުނު ފަސްމެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ސިޓީން ނުވަވަނައިގައި މިވަގުތު އޮތީ ކުޅުނު ހަތަރުމެޗުން ހަތް ޕޮއިންޓާއިއެކުއެވެ.
މެންޗެސްޓަރ ޔުނައިޓެޑް އަދި ނިއުކާސަލް އުނައިޓެޑް ބައްދަލުކުރިމެޗްގެ ފަހު ވަގުތުކޮޅުގައި ކާމިޔާބުކުރި ތިން ގޯލާއިއެކު މެންޗެސްޓަރ ޔުނައިޓެޑްއިންނެވެ. މެޗްގެ ފުރަތަމަ ގޯލް މެޗްފަށައިގެން ދެވަނަ މިނިޓްގައި ނިއުކާސަލްގެ ހަމއެކަނި ގޯލް ފެނިގެންދިޔައިރު އެގޯލަކީ ޔުނައިޓޭޑެ ޑިފެންޑަރ ލޫކް ޝޯގެ ފަރާތުން ބައިކޮޅަށް ވަން ގޯލެކެވެ.
އުނައިޓެޑްގެ ފުރަތަމަ ގޯލް މެޗްގެ 23 ވަނަ މިނިޓްގައި މިގުއަރ ކާމިޔާބުކޮށްދިންއިރު އުނައިޓެޑްގެ ފަހު ތިންގޯލްވެސް ފެނިގެންދިޔައީ މަޗުގެ ފަހު ފަސްމިނިޓް ތެރޭގައެވެ. ޔުނައިޓެޑްގެ ދެވަނަ ގޯލް 86 ވަނަ މިނިޓްގައި ބްރޫނޯ ފްނާންޑެޒް އެވެ. ޔުނައިޓެޑަށް މެޗުގެ ފުރަތަމަ ހާފްގައި ޕެނެލްޓީއެއް ލިބުނު ނަމަވެސް ބްރޫނޯ ފެނާންޑޭޒް ޖެހި ޕެނެލްޓީ ވަނީ ނިއުކާސަލްގެ ކީޕަރ ދިފާއު ކޮށްފައެވެ. ތިންވަނަ ގޯލް 90 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ވަން ބިސާކާއެވެ. އުނައިޓެޑް ހަތަރުވަނަ ގޯލް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ލިބުނު އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑްއެވެ.
ލީގު ތާވަލްގައި މެންޗެސްޓަރ ޔުނައިޓެޑް މިވަގުތު އޮތީ ކުޅުނު ހަތަރު މެޗުން ހަޕޮއިންޓާއިއެކު ތާވލްގެ ސާދަ ވައިގައެވެ. ނިއުކާސަލް ޔުނައިޓެޑް ތާވަލްގެ އެގާރަ ވަނައިގައި މިވަގުތު އޮތީ ފަސްމެޗުން ހަތް ޕޮއިންޓާއިއެކު އެގާރަވަނައިގައެވެ.
Ad
rt