ޔޫއެފާ ޗެމްޕިއަންސްލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނުމެޗުތައް އިނގިރޭސި ވިލާތުގެ ޓީމުތައްކަމަށްވާ މެންޗެސްޓަރ ސިޓީ އަދި ލިވަޕޫލް ކުޅުނު މެޗުތަށް ކާމިޔާބުކޮށްފިއެވެ.
ޗެމްޕިއަންސް ލީގުގެ ގުރޫޕް ސީގައި މެންޗެސްޓަރ ސިޓ މާސެލީއާ ދެކޮޅަށްކުޅެ މެޗް ކާމިޔާބުކުރީ ފަސޭހަކަމާއިއެކު 3-0 ގެ ނަތީޖާއަކުންނެވެ. މާސެލީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލް 18 ވަނަ މިނިޓްގައި ކެވިން ޑިބުރެއިން ތަނަވަސްކޮށްދިން ފުރުސަތަކުން ފެރަން ޓޮރޭޒްއެވެ. މެޗުގެ ދެވަނަ ގޯލް މެޗުގެ ފަހު ހާފްގެ 78 ވަނަ މިނިޓްގައި ސްޓާލިންގް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އިކޭ ގުންޑަގަންއެވެ. މެޗުގެ ފަހުގޯލް ކެވިން ޑިބުރެއިން ތަނަވަސްކޮށްދިން ފުރުސަތަކުން 81 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ސްޓާލިންއެވެ.
ގުރޫޕް ސީގައި ދެން ހިމެނޭ ދެ ޓީމް ކަމުގައިވާ އެފްސީ ޕޯޓޯ އަދި އޮލިމްޕިއާކޮސް ބައްދަލުކުރި މެޗް 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެފްސީ ޕޯޓޯއެވެ. ގުރޫޕްސީގައި ކުޅުނު ދެ މެޗު ކާމިޔާބުކޮށް ސިޓީ އެއްވަނައިގައި އޮތްއިރު ޕޯޓޯ އަދި އޮލިންޕިއާކޮށްއަށް ތިން ޕޮއިންޓް ލިބިފައިވި ނަމަވެސް ގޯލްގެ ތަފާތުން ޕޯޓޯ ދެވަނައިގައި އަދި އޮލިންޕިއާކޮށް ތިންވަނައިގައި އޮތީ ގޯލްގެ ތަފާތުންނެވެ. ގުރޫޕް ސީގެ ފުލުގައި އޮތް މާސެލީ ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ.
ގުރޫޕް ޑީގައި ލިވަޕޫލް އަދި މިޓީލެންޑް ބައްދަލުކުރި މެޗް 2-0 ން ކާމިޔާބުކުރީ ލިވަޕޫލްއިންނެވެ. މެޗްގެ ދެގޯލްވެސް ފެނިގެންދިޔައީ މަޗްގެ ފަހު ހާފްގައެވެ. އެގޮތުން ލިވްޕޫގެ ފުރަތަމަ ގޯލް އެލެގްޒެންޑަރ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތަކުން ޑިއޭގޯ ޖޮޓާ ކާމިޔާބުކޮށްދިންއިރު ދެވަނަ ގޯލް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ލިބުނު އިތުރު ވަގުތުގައި ލިބުބު ޕެނެލްޓީއަކުން ކާމިޔާބުކޮށްދިނީ ސަލާހްއެވެ.
ގުރޫޕް ޑީގައި ލިވަޕޫލް އަދި މިޓީލެންޑްގެ އިތުރުން ހިމެނޭ އެޓްލާންޓާ އަދި އަޔެކްސް ބައްދަލުކުރި މެޗް ވަނީ ދެޓީމް އެއްވަރު ވެގެންނެވެ. މެޗު އެޓްލާންޓާއިން އެއްވަރުކުރީ އަޔެކްސްއިން ފުރަތަމަ ހާފްގައި ދެ ގޯލްޖަހާ ލީޑް ނަގާފައި ވަނިކޮށް ފަހަތުންއަރައެވެ. މެޗްގެ އަޔަކްސްގެ ގޯލްތައް ފެނިގެން ދިޔައީ 30 ވަނަ މިނިޓްގައި ޓަޑިޗް އަދި ޓްރޯރޭ ކާމިޔާބުކޮށްދިން ގޯލްތަކުންނެވެ. އެޓްލާންޓާއިން ކާމިޔާބުކޮށްދިން ދެގޯލްވެސް ކާމިޔާބުކޮށްދިނީ ޒަޕާޓާއެވެ. ޒަޕާޓާގެ ފުރަތަމަ ގޯލް 54 ވަނަ މިނިޓްގައި ފެނގެންދިޔައިރު ދެވަނަ ގޯލް ފެނިގެންދިޔައީ މެޗުގެ 60 ވަނަ މިނިޓްގައެވެ.

ގުރޫޕް ޑީގައި ހިމެނޭ ހަތަރު ޓީމުވެސް މިހާތަނަށް ދެ މެޗް ކުޅެފައިވާއިރު ލިވަޕޫލް އެއްވަނައިގައި އޮތީ ހަ ޕޮއިންޓާއިއެކުއެވެ. ހަތަރު ޕޮއިންޓާއިއެކު އެޓްލާންޓަ ދެވަނައި އޮތްއިރު ތިންވަނައިގައި އަޔެކްސް އޮތީ އެއްޕޮއިންޓާއިއެކުއެވެ. މިޓީލެންޑް ކުޅުނު ދެމެޗުންވެސް ބަލިވެ ގުރޫޕްގެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!