ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަކުރާ އިނގިރޭސި ވިލާތުގެ ކުލަބް ތަކުގެ ތެރެއިން މެންޗެސްޓަރ ޔުނައިޓެޑް ފިޔަވާ އަނެން ތިން ޓީމް ކަމުގައިވާ ޗެލްސީ، ލިވަޕޫލް އަދި މެނޗްސްތަރ ސިޓީ ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ. މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުން ވަނީ ބަލިވެފައެވެ.

ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ގުރޫޕް އީގައި ޗެލްސީ އަދި ރޭނެސް ބައްދަލުކުރި މެޗް 3-0 ން ކާމިޔާބުކުރީ ޗެލްސީންނެވެ. ޗެލްސީގެ ފުރަތަމަ ދެ ގޯލް ޗެލްސީއަށް ލިބުނު ދެ ޕެނެލްޓީން ކާމިޔާބުކޮށްދިނީ ޓިމޯ ވާނާއެވެ. ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ ފަހު ހާފްގައި ޓެމީ ޢަބްރަހަމްއެވެ.

Ad
rt

އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން ލިވްޕޫލް ގުރޫޕް ޑީގައި އެޓްލާންޓާ އާއި ދެކޮޅަށް ކުޅުނު މެޗް 5-0 ތަފާތު ބޮޑު ނަތީޖާއަކުން ވަނީ ކާމިޔާބުކޮށްފައެވެ. މިސީޒަނަށް ލިވަޕޫލްއާއި ކުޅުނު ޑިއޭގޯ ޖޮޓާ ވަނީ ހެޓްރިކް ހަދާފައެވެ. ޖޮޓާގެ ގެ ގޯލްތައް ފެނިގެންދިޔައީ 16، 33 އަދި 54 ވަނަ މިނިޓްގައެވެ. ލިވަޕޫލްގެ ގޯލެއް ދެން ފެނިގެން ދިޔައީ ސަލާހް އަދި ސާޑިއޯ މާނޭގެ ފަރާތުންނެވެ. ސަލާހްގެ ގޯލް 47 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިންއިރު މާނޭގެ ގޯލް ފެނިގެނަންދިޔައީ އޭގެ ދެމިނިޓް ފަހުން މެޗްގެ 49 ވަނަ މިނިޓްގައެވެ.

ގުރޫޕް ސީގައި މެންޗެސްޓަރ ސިޓީ އަދި އޮލިމްޕިއާކޮސް ބައްދަލުކުރި މެޗް ސިޓީން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ސިޓީގެ ފުރަތަމަ ގޯލް 12 ވަނަ މިނިޓްގައި ޓޮރޭޒް ކާމިޔާބުކޮށްދިންއިރު ސިޓީގެ ފަހު ދެ ގޯލް ފެނިގެންދިޔައީ މެޗުގެ ފަހުކޮޅުގައެއެވެ. އެގޮތުން 81 ވަނަ މިނިޓްގައި ގެބްރިއަލް ޖީސަސް ކާމިޔާބުކޮށްދިންއިރު ސިޓީގެ ތިން ވަނަ ގޯލް ފަހު މިނިޓްގައި ކާމިޔާބުކޮށްދިނީ ކަންސޭލޯ އެވެ.

ގުރޫޕް އެޗްގައި މެންޗެސްޓަރ ޔުނައިޓެޑް ކުރީ މެޗް އިސްތަންބުލް ބަސަކްސެހިރް ބައްދަލުކުރި މެޗުން މެންޗެސްޓަރ ޔުނައިޓެޑް ވަނީ ބަލިވެފައެވެ. އިސްތަންބުލް ބަސަކްސެހިރް އިން މެޗް ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހުރިހާ ގޯލްތަކެއްވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފްގައެވެ. ޑެމްބަ ބާ 12 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިން ގޯލުން އިސްތަންބުލް ބަސަކްސެހިރް ވަނީ ލީޑް ނަގާފައެވެ. 40 ވަނަ މިނިޓްގައި ވިސްކާ ވަނީ އިސްތަންބުލް ބަސަކްސެހިރްގެ ލީޑު 2-0 ކުން ފުޅާކޮށްދީފައެވެ. ޔުނައިޓެޑްގެ ހަމައެކަނި ގޯލް 43 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައި ވަނީ އެންތަނީ މާޝިއަލްއެވެ.

މެންޗެސްޓްރ ޔުނައިޓެޑް ބަލިވި ނަމަވެސް ގުރޫޕް އެޗްގެ އެއްވަނައިގައި އަދިވެސް އޮތީ މެންޗެސްޓަރ ޔުނައިޓެޑްއެވެ. ޗެލްސީ، ލިވަޕޫލް އަދި މެންޗެސްތަރ ސިޓީ ވެސް މިވަގުތު އޮތީ އެޓީމްތައް ހިމެނޭ ގުރޫޕްތަކުގެ އެއްވަނައިގައެވެ.