ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ޖީގައި ހިމެނޭ ސްޕެއިންގެ ބާސެލޯނާ އަދި އިޓަލީގެ ޔުވެންޓަސް އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.

ބާސެލޯނާ ކުޅުނު މެޗް ފެރެންސްވަރޯސް އާއި ބައްދަލުކޮށް ކާމިޔާބުކުރީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ގޯލް މެޗުގެ 27 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއެވެ. މެސީގެ ގެގޯލަކީ އޭނާ ޗެމްޕިއަނސްލީގުގެ 16 ވަނަ މުބާރާތުގައި ކާމިޔާބުކުރި ގޯލެވެ. މެސީގެ އިތުރުން މިރެކޯޑް އޮތި މެންޗެސްޓަރ ޔުނައިޓެޑް ލެޖެންޑް ރަޔާންގިގްސްގެ އަތުގައެވެ. ގިގްސްވެސް ވަނީ ޗެމްޕިއަންސް ޅިގުގެ 16 މުބާރާތެއްގައި ގޯލް ޖަހާފައެވެ.

Ad
rt

ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސާއިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ބަށަގެ ލީދު 2-0 ށް ފުޅާކޮށްދީފައެވެ. ބާސާގެ ދެވަނަ ގޯލް މެޗްގެ 42 ވަނަ މިނިޓްގައި ޑިޖޮންގް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ބާސާގެ ޒުވާން ފޯވަޑް އަންސޫ ފަޓީއެވެ. ބާސާއިން ފުރަތަމަ ހާފް ނިންމާލީ 2 ގޯލްގެ ލީޑަކާއިއެކުއެވެ.

ބާސާގެ ތިންވަނަގޯލް ފެނިގެންދިޔައި މެޗްގެ 52 ވަނަ މިނިޓްގައި ކޫޓީނިއޯގެ ފަރާތުންނެވެ. ބަސާގެ ފަހު ދެގޯލް ފެނިގެންދިޔައީ މެޗުގެ ފަހު ދިހަވަނަ މިނިޓަގައެވެ. އެގޮތުން ތިންވަނަ ގޯލް މެޗްގެ 82 ވަނަ މިނިޓްގައި ގޮންޒާލެޒް ކާމިޔާބުކޮށްދިންއިރު މިއީ އުމުރުން 17 އަހަރުގެ ގޮންޒާލެޒް ބަސާގެ ސީނިއަރ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލްވެސްމެއެވެ. މެޗުގެ ފަހު ގޯލް މެޗުނިމެން މިނިޓަކަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނި ޑެމްބެލޭއެވެ. ފެރެންސްވަރޯސްގެ ހަމައެކަނި ގޯލް ލިބުނު ޕެނެލްޓީއަކުން މެޗްގެ 72 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޚަރަތިންއެވެ.

މެޗްގެ 68 ވަނަ މިނިޓްގައި ބާސާގެ ސްޕެއިން ޑިފެންޑަރ ޖެރާޑް ޕީކޭއަށްވަނީ ރަތްކާޑް ދައްކާ ދަނޑުން ފޮނުވާލާފައެވެ. ޕީކޭއަށް ދެއްކި ރަތްކާޑާއިއެކު ބާސާ ޔުވެންޓަސްއާއި ދެކޮޅަށް ކުޅޭ މެޗް ޕީކޭއަށް ގެއްލޭނެއެވެ.

ގުރޫޕް ޖީގައި ދެން ހިމެނޭ އިޓާލިއަން ސީރީއޭގެ ޗެމްޕިއަން ޔުވެންޓަސް އަދި ކިއޭވް ބައްދަލުކުރި މެޗް ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. ޔުވެންޓަސްގެ ދެގޯލްވެސް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. މޮރާޓާގެ ފުރަތަމަ ގޯލް މެޗުގެ 46 ވަނަ މިނިޓްގައި ފެނިގެންދިޔައިރު ދެވަނަ ގޯލް ދެވަނަ ގޯލް މޮރާޓާ ކާމިޔާބުކޮށްދިނީ 84 ވަނަ މިނިޓްގައެވެ. ޔުވެންޓަސް އިން ކިއޭވް ބަލިކުރިމެޗްގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑް-19 ފައްސިވުމާއިގުޅިގެން ކުޅެފައެއްނުވެއެވެ.

ބާސާ އަދި ޔުވެންޓަސްގެ މެޗުތައް ކާމިޔާބު ކުރުމާއިއެކު ދެޓީމަށްވެސް ތިން ޕޮއިންޓް ލިބުނު ނަމަވެސް ބާސާ ގުރޫޕް ޖީގެ އެއްވަނައިގއި އޮތީ ފައިދާ ގޯލްގެތާފާތުން ޔުވެންޓަސްއަށްވުރެ ކުރި ލިބޭތީއެވެ. ކިއޭވް އަދި ފެރެންސްވަރޯސް އަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.