ޔޫއެފާ ޗެމްޕިއަންސް ލީގުގުގެ އެންމެ ކާމިޔާބު ޓީމް ކަމުގައިވާ ސްޕެއިންގެ ރިއާލް މެޑްރިޑް މިސީޒަންގައި ޗެމްޕިއަންސް ލީގުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ރިއާލް މެޑްރިޑް އަދި އިޓަލީގެ އިންޓަ މިލާން ބައްދަލުކުރި މެޗު ރިއަލްއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ރިޢާލްއިން އިންޓައާއި ކުރިމަތިލިއިރު ޗެމްޕިއަންސްލީގުގެ ގުރޫޕް ބީގައި ޝަކްތަރ ޑޮނެސްކް އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވިއިރު ބޮރޯސިއާ މޮއެންގްޗެންގްލަޑްބަޗް އާއި ދެކޮލަށް ކުޅުނު މެޗު ވަނީ އެއްވަރުވެފައެވެ.

Ad
rt

އަންގާރަ ދުވަހުގެ ރޭ ރިއާލްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލް ޖަހާ ރިއާލްއަށް ލީޑު ނަގައިދިނީ ބެންޒެމާއެވެ. ބެންޒެމާގެ މެޗުގެ 25 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިން ގޯލަކީ އިންޓަގެ ކުޅުންތެރިއަކަށް ހެދުނު ގޯހެއްގެ ފައިދާނަގައިގެން ކާމިޔާބުކުރި ގޯލެކެވެ. ރިއާލްގެ ކެޕްޓަން ސާޖިއޯ ރާމޮސް މެޗްގެ 33 ވަނަ މިނިޓްގައި ބޮލުން ކާމިޔާބުކޮށްދިން ގޯލާއިއެކު ރިއާލްއިން 2-0 އަށް ލީޑު ފުޅާކުރިއެވެ އިންޓަމިލާން އާއި ދެކޮޅާށް ރާމޮސް ކާމިޔާބުކުރި ގޯލްކީ އޭނާ ރިއާލްމެޑްރިޑަށް ކާމިޔާބުކޮށްދިން 100 ވަނަ ގޯލެވެ. ނަމަވެސް އެގެ ދެމިނިޓް ފަހުން އިންޓަގެ މާޓިނޭޒް ވަނީ އިންޓައަށް ނަތީޖާގެ ފަރަގު 2-1 ށް ކުޑަކޮށްދީފައެވެ.

ދެވަނަ ހާފްގެ 68 ވަނަ މިނިޓްގައި ޕެރެސިޗްވަނީ އިންޓަމިލާނަށް ނަތީޖާ ހަމަހަމކޮށްދީފައެވެ. މެޗުން މޮޅުވިގޯލް ރިއާލްއަށް ކާމިޔާބުކޮސްދިނީ ބްރެޒިލްގެ ޒުވާން ވިންގަރ ރޮޑްރިގޯއެވެ.

ގުރޫޕް ބީގައި ރިއާލް މެޑްރިޑް އަދި އިންޓަރ މިލާންގެ އިތުރުން ދެން ހިމެނޭ ދެޓީމް ކަމަށްވާ ޝަކްތަރ ޑޮނެސްކް އާއި ބޮރޯސިއާ މޮއެންގްޗެންގްލަޑްބަޗް ބައްދަލުކުރިމެޗް ފަސޭހަކަމާއިއެކު 6-0 ގެ ނަތީޖާއަކުން ކާމިޔަބުކުރީ ބޮރޯސިއާ މޮއެންގްޗެންގްލަޑްބަޗްއެވެ.

ގުރޫޕް ބީގެ ހިމެނޭ ހަތަރު ޓީމްއިންވެސް މިހާތަނަށް ތިންމެޗް ކުޅެފައިވާއިރު ބޮރޯސިއާ މޮއެންގްޗެންގްލަޑްބަޗް5 ޕޮއިންޓާއިއެކު އެއްވަނައިގައި އޮތްއިރު ދެވަނައިގައި އޮތް ޝަކްތަރ ޑޮނެސްކް އަދި ތިންވަނައިގައި އޮތް ރިއާލް މެޑްރިޑް އަަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ގުރޫޕް ބީގެ ފުލުގައި އިންޓަމިލާން އޮތީ ދެ ޕޮއިންޓާއިއެކުއެވެ.