ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލްމެޑްރިޑް އަދި ބާސެލޯނާ ބައްދަލުކުރި މަޝްޙޫރު އެލް ކްލެސިކޯ ފޯރިގަދަ ކުޅުމަކަށްފަހު ރިއާލް މެޑްރިދް ކާމިޔާބުކޮށްފިއެވެ.
ބާސެލޯނާގެ ކޭމްޕްނޯ ސްޓޭޑިއަމްގައި ކުޅުނުމެޗު ރިއާލްމެޑްރިޑް ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ގޯލް ޖަހާ ލީޑްނެގީ ރިއާލްމެޑްރިޑުންނެވެ. މެޗްގެ 5 ވަނަ މިނިޓްގައި ކަރިމް ބެންޒެމާ ތަނަވަސް ކޮށްދިން ފުރުސަތަކުން ރިއާލްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ވަލްވާޑެއެވެ. ރިއާލްއަށްލީޑުގައި އޮވެވުނީ ކުޑަވަގުތުކޮޅަކަށެވެ. ރިއާލްއިން ލީޑުނެގިތާ ތިންމިނިޓްފަހުން ޖޯޑީ އަލްބާ ތަނަވަސްކޮށްދިން ފުރުސަތަކުން ބާސާގެ އުމުރުން 17 އަހަރުގެ ފޯވަޑް އަންސޫ ފަޓީ ވަނީ ބަސާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ފަޓީ ކާމިޔާބުކޮށްދިން ގޯލާއިއެކު އެލް ކްލާސިކޯގައި ގޯލް ޖެހި އެންމެ ހަގު ކުޅުންތެރިއަކަށް ފަޓީ ވަނީ ވެގެންގޮސްފައެވެ. ހަމައެހެންމެ ފަޓީއަކީ މިސީޒަންގައި މިހާތަނަށް ބާސާއަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދިން ކުޅުންތެރިއާއެވެ.
ކޮވިޑް-19 ގެ ސަބަބުން ސަޕޯޓަރުން ދަނޑަށް ނުވައްިދައި ކުޅުނު ފުރަތަމަކްލާސިކޯގައި ރިއާލްގެ ދެވަނަ ގޯލް ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކޮށްދިނީ ރިއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. ރިއާލްއަށް ޕެނެލްޓީދިނީ ރިއާލްއަށް ލިބުނު ކޯނަރެއްގައި ރާމޮސް ބާސާގެ އޭރިއާތެރޭގައި ހުރެ ބޯޅަ ހޯދުމަށް ފަހަތައް ޖެހިލިއިރު ރާމޮސްގެ ޖާޒީގައި ބާސާގެ ލެންގްލެޓް ހިފަހައްޓާފައި ހުރުމުގެ ސަބަބުން ލިބުނު ޕެނެލްޓީއެކެވެ. ރިއާލްއަށް ޕެންލްޓީ ދިނީ ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެހީގައެވެ. ރިއާލްގެ ޕެނެލްޓީނރާމޮސް ވަނީ ވަރަށް ހަމެޖިލާފައި ކާމިޔާބުކޮށްފައެވެ. ރާމޮސް ކާމިޔާބުކޮށްދިން ޕެނެލްޓީއާއިއެކު އޭނާ ކެރިއަރުގައި ކާމިޔާބުކުރި ގޯލްގެ އަދަދު 100 އަރާފައެވެ. މެޗުގެ ފަހު މިނިޓްގައި ރިއާލްގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުސަތަކުން ލުކާ މޮޑްރިޗްއެވެ.
އެލް ކްލާސިކޯއާއި ކުރިމަތި ލިއިރު ރިއާލް އަދި ބާސެލޯނާވެސް އެންމެ ފަހުން ލީގުގައި ކުޅުނު މެޗުން ވަނީ ބަލިވެފައެވެ. ހާއްސަކޮށް މިސީޒަނަށް ލަލީގާއަށް ޕްރޮމޯޓްވި ކާޑިޒް އަތުން ބަލިވުމާއި ޗެމްޕިއަންސް ލީގުގައި ޝަކްތަރު ޑޮނެސް އަތުން ޗެމްޕިއަންސް ލީގުގައި ރިއާލް ބަލިވެފައި ވެ އެތަކެއް ފާޑުކިއުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ރިއާލް އިން ބާސާ ބަލިކޮށް ވަނީ ފާޑުކިއުންތަކަށް ފުރިހަމަ ރައްދެއް ދީފައެވެ.
ރިއާލްއިން ބާސާ ބަލިކޮށް ހޯދި ތިން ޕޮއިންޓާއިއެކު ހަމެޗުން 13 ޕޮއިންޓް ހޯދައިގެން މިވަގުތު އޮތީ ތާވަލްގެ އެއްވަނައިގައެވެ. ބާސެލޯނާ އަށް ކުޅުނު ފަސްމެޗުން ލިބިފައިވާ ހަތް ޕޮއިންޓާއިއެކު އޮތީ ތާވަލްގެ 12 ވަނައިގައެވެ.
Ad
rt