އިނގްލިޝް ޕްރިމިއަރ ލީގުގައި ވާދަވެރި ދެ ކުލަބް ކަމުގައިވާ އާސެނަލް އަދި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗް އާސެނަލްއިން ކާމިޔާބުކޮށްފިއެވެ.
މިއީ ވޭތުވެދިޔަ 14 އަހަރު ތެރޭގައި ޔުނައިޓެޑްގެ ދަނޑުގައި އާސެނަލްއަށް ޔުނައިޓެޑްގެ މަށްޗަށް ކާމިޔާބު ހޯދުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޔުނައިޓެޑްގެ ދަނޑުގައި އާސެންލައަށް މެންޗެސްޓަރ ޔުނައިޓެޑް ބަލިކުރެވިފައިވަނީ 2006 ވަނަ އަހަރުއެވެ. އަދި އާސެނަލްއިން ޔުނައިޓެޑްގެ މައްޗަށް ހޯދި މޮޅަކީ އާސެނަލްއިން ޕްރިމިއަރ ލީގުގެ ގަދަ ހަ ޓީމް ގެ ދަނޑުގައި ކުޅުނު 29 މެޗަށް ފަހު ހޯދުނު ފުރަތަމަ މޮޅުކަންވެސް ފާހަގަ ކޮށްލެވެއެވެ.
އާދިއްތަ ދުވަހުގެ ރޭ މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފޮޑްގައި ކުޅުނު މެޗް އާސެނަލް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗްގެ ހަމައެކަނި ގޯލް 69 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކޮށްދިނީ އާސެނަލްގެ ކެޕްޓަން އަބޫމަޔަންގްއެވެ. އާސެނަލއަށް ޕެނެލްޓީ ލިބުނީ ޔުނައިޓެޑްގެ އޭރިއާތެރެއިން އާސެނަލްގެ ސްޕެއިްނ ޑިފެންޑަރ ހެކްޓަރ ބެލެރެން އަށް ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރ ޕައުލް ޕޮގްބާ ކުރި ފައުލްއަކާއި ގުޅިގެންނެވެ.
އާސެނަލްއިން ޔުނައިޓެޑްގެ މައްޗަށް ހޯދި މޮޅައިއެކު ކުޅުނު 7 މެޗުން ހޯދި 12 ޕޮއިންޓާއިއެކު އޮތީ ނުވަވަނައިގައެވެ. ޔުނައިޓެޑް ކުޅުނު ހަމެޗުން ލިބުނު ހަތް ޕޮއިންޓާއިއެކު އޮތީ 15 ވަނައިގައެވެ. ޔުނައިޓެޑަށް އަދި މިސީޒަންގެ ޕްރިމިއަރ ލީގުގައި އަމިއްލަ ދަނޑުގައި މޮޅުވެވިފައެއް ނުވެއެވެ.
ޕްރިމިއަރ ލީގުގައި މިހަފްތާގައި ގަދަ ހާޓީމްގެ ތެރެއިން މެންޗެސްޓަރ ޔުނައިޓެދް ފިޔާވާ ދެން ހިމެނޭ ޓީމްތަކުން ވަނީ ކުޅުނު މެޗުތައް ކާމިޔާބުކޮށްފައެވެ. އެގޮތުން މެންޗެސްޓަރ ސިޓީ 1-0ން ޝެފީލްޑް ޔުނައިޓެޑް ބަލކުރި އިރު ޗެލްސީން ފަސޭކަމާއިއެކު 3-0 ބާންލޭގެ މަށްޗަށް ކުރި ހޯދިއިރު ޗެމްޕިއަން ލިވަޕޫލް ވަނީ ފަހު ވަހުތު ވެސްޓް ހަމް 2-1 ން ބަލިކޮށްފައެވެ. އަދި ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދާށުން ކޫލެމުންއަންން ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ގެރެތް ބޭލް ސްޕާސްއަށް އެނބުރި އައިސް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލާއިއެކު ބްރައިޓަން އަތުން 2-1ން މޮޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!