ސްޕެނިޝް ލަލީގާގެ އެންމެ ފަހުގެ ޗްމްޕިއަން ރެއާލް މެޑްރިޑް ލަލީގާގައި ކުޅުނު މެޗް ކާމިޔާބު ކުރި އިރު ވާދަވެރި ބާސެލޯނާ ލަލީގައިގައި ކުޅުނު މެޗު ވަނީ އެއްވަރުވެފައެވެ.
ލަލީގާއަށް މިސީޒަނަށް ޕްރޮމޯޓްވި ހުއެސްކާ އާއި ދެކޮޅަށް ކުޅެ ރިއާލްއިން މެޗް ކާމިޔާބުކުރީ ފަސޭހަކަމނާއިއެކު 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަގޯލް ޖަހާ ރިއާލްއަށް ލީޑު ނަގައިދިނީ 40 ވަނަ މިނިޓްގައި ބެލްޖިއަމްގެ ތަރި އެޑެން ހެޒާޑް އޭރިރާ ބޭރުގައި ހުރެ ފޮނުވާލި ބާރު ޝޮޓް ގޯލްގެ ވާތްފަރާތު ތިރީ ކަނަށް ވަދެގެންނެވެ.
ހެޒާޑްގެ ގޯލަކީ އަހަރަކަށްވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު ރިއާލްއަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ. ހަޒާޑް ޗެލްސީ ދޫކޮށް ރިއާލްއަށް ބަދަލުވި ފަހުން ގިނަ ދުވަސްތަކެއް ވަންދެން ވަނީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަން ޖެހިފައެވެ.
ފުރަތަމަ ހާފް ނިމުނުގެ ކުރިން މެޗްގެ 45 ވަނަ މިނިޓްގައި ފްރާންސްގެ ކަރިމް ބެންޒެމާ ވަނީ ރިއާލްގެ ލީޑު 2-0 ށް ފުޅާކޮށްފައެވެ. ރިއާގެ ތިންވަނަ ގޯލް މެޗްގެ 54 ވަނަ މިނިތްގައި ވަލްވާޑެ ކާމިޔާބުކޮށްދިންއިރު ރިއާލްގެ ފަހގުގޯލް މެޗްގެ ފަހު މިނިޓްގައި ކާމިޔާބުކޮސްދިނީ ދެވަނަ ގޯލްވެސް ކާމިޔާބުކޮށްދިްނ ބެންޒެމާއެވެ. ހުއެސްކާގެ ހަމައެކަނި ގޯލް މެޗުގެ 74 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ފެރެއިރޯއެވެ.
ހުއެސްކާ ބަލިކޮށް ހޯދި ތިން ޕޮއިންޓާއިއެކު ރިއާލް ވަނީ ތާވަލްގެ ދެވަނައިގައި އޮތް ރިއާލް ސޮސިޑާޑްގެ މަށްޗަށް ދެ ޕޮއިންޓް ކުރިހޯދާ 16 ޕޮއިންޓާއިއެކު ތާވަލްގެ އެއްވަނައަށް ޖެހިލާފައެވެ.

ލަލީގާގައި ބާސެލޯނާ ހޮނިހިރު ދުވަހުގެ ރޭ ކުޅުނުމެޗު އަލާވެސްއާއި ބައްދަލުކޮށް ވަނީ 1-1 ން އެއްވަރުވެފައެވެ. މެޗްގެ ފުރަތަމަ ގޯލް ޖަހާ ލީޑްނެގީ އަލާވެސްއިންނެވެ. އަލާވެސްގެ ހަމއެކަނި ގޯލް މެޗުގެ 31 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައިވަނީ ރިއޮޖާއެވެ. އާލާވެސްގެ ޖޮޓައަށް ދެވަނަ ރީނދޫކާޑަކާއިއެކު ރަތް ކާޑް ދެއްކުމުން އަލާވެސްއަށް ދެވަނަ ހާފްގެ ބޮޑުބައި ފުރިހަމަ ކުރަން ޖެހުނީ ކުޅުންތެރިންނާއިއެކުއެވެ. ޖޮޓައަށް ރަތްކާޑު ދެއްކިތާ މިނިޓެއް ފަހުން މެޗްގެ 63 ވަނަ މިނިތްގައި ބާސެލޯނާއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ބާސެލޯނާގެ ގޯލް ފެނިގެންދިޔައީ ފްރާންސްގެ ފޯވަޑް އެންޓޯނިއޯ ގްރީޒްމަންގެ ފަރާތުންނެވެ.
ތާވަލްގެ 12 ވަނައިގައި ބާސެލޯނާ އޮތި ކުޅުނު ހަމެޗުން ލިބުނު 8 ޕޮއިންޓާއިއެކުއެވެ. އެއްވަނައިގައި އޮތް ޗެމްޕިއަން ރިއާލްމެޑްރިޑްއާއި ބާސެލޯނާއާއި ދެމެދު އޮތް ޕޮއިންޓްގެ ފަރަގުވަނީ 8 ޕޮއިންޓަށް ފުޅާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!