އިހަވަންދޫ އާޘާރީ މިސްކިތް ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ މަސައްކަތްކުރިއަށް!
ހއ. އިހަވަންދޫ އާޘާރީ މިސްކިތް، ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން އެ މިސްކިތުގެ ބަފަޒޯން ކަމުގައި ކަނޑައެޅިފައިވާ ސަރަހައްދު ހާމަކޮށްފިއެވެ. މިގޮތުން އެ މިސްކިތުގެ ބަފަޒޯން ސަރަޙައްދު ކަމުގައި ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ކަނޑައަޅފައިވާ ސަރަހައްދުގެ ގޮތުގައި އިހަވަންދޫ ކައުންސިލުން ބުނެފައިވާ ސަރަހައްދަކީ، އިހަވަންދޫ އޭސިޔާ ހިނގުމާއި، ދަނބުރުއްމަގާއި ގުޅުނު ހިސާބުން ދަނބުރުއްމަގުން އިރަށް އަދި ހަނދުވަރީ ހިނގުމުން އުތުރަށެ...