އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރަކު 1 ވަނަ ދަރަޖައިގެ ހާފިޒް ކަމުގެ ސަނަދު ހާސިލްކޮށްފި
މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރު، މުހައްމަދު އަޝްހަމް 9، މއ. އަރިވަރު، ކީރިތި ޤުރުއާން ހިތުދަސްކޮށް، ހާފިޒްކަމު ސަނަދު ހާސިލް ކޮށްފިއެވެ. ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އަޝްހަމްއަށް ޤުރުއާން ހިތުދަސްވެފައިވޭތޯ ބެލުމަށް އިމްތިހާން ކުރިއަށް ގެންގޮސްފައި ވަނީ 9 ޑިސެމްބަރު 2020 އިން 18 ފެބްރުއަރީ 2021 އަށެވެ. މި އިމްތިހާނުން އަޝްހަމް ފާސްވެފައިވަނީ އެވަނަ ދަރަޖައިގައެވެ. އަޝްހަމް ހޯދި މި ބޮޑު ޝަރަފާއި، ކާމިޔާބާއި ގުޅިގެން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއިން ވަނީ އަޝްހަމަށާއި، އަޝްހަމްގެ...